ބިދޭސީން ހިންގަމުންދާ މުޒާހަރާތަކަކީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއްގައި ހިންގަމުންދާ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ތުހުމަތު ކުރައްވައިފިއެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ ބިދޭސީންގެ މައްސަލާގައި މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތުގައެވެ. މަޖިލީހުގެ ތަޅުމުގައި އެ މަސައްކަތް ކުރިއަށް ދިޔަ ވަގުތުގައި، މިނިސްޓަރު ފައްޔާޒު މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތުތަކެއް ދެއްވުމަށް ވަޑައިގެން ހުންނެވުމާއެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާއަށް ތަޅުމަށް ވަޑައިގެން މައްސަލާގައި ވާހަކަތަކެއް ދެއްކެވުމަށް ފުރުސަތު ދެއްވައިފައެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ހުޅުމާލޭގައި ފަހަކަށް އައިސް ބިދޭސީން މުޒާހަރާ ކޮށްފައިވާއިރު، އެއީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގުސަދެއްގައި ބިދޭސީން ލައްވައި ކުރުވަމުންދާ ކަމެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަކަށް އިނގިލި ދިއް ނުކުރައްވާ ކަމަށް ވިދާޅުވެ އޭނާ ވިޔދާޅުވީ މިއީ ސިޔާސީ ބޭނުމަށް ޓަކައި އެހެން ބަޔަކު ކުރާ ކަމެއް ކަމަށެވެ. އަދި މި މުޒާހަރާތައް ކުރިއާސް ގެންދަނީ ހަލަބޮލިކަން ގެނައުމަށް ޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ގަވާއިދަށް ފައްތައި ލިޔެކިއުން ހަވާލުކުރި ފަހުން އެ ބިދޭސީންގެ ގައުމުތަކުން ބިދޭސީން ގެންދިއުމުގައި އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 4000 ބިދޭސީން އެ ގައުމުތަކަށް ފޮނުވާލެވުނީ އޭގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންޑޮކިއުމަންޓް 20،000 ބިދޭސީން އެ މީހުން ރުހުމުގައި ފޮނުވާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ ބިދޭސީންގެ ނުރުހުމުގައި އަނބުރާ ފޮނުވާލަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކުރިން ވެސް އެމީހުން ފޮނުވިފައި އޮތީ އެއް ބަޔަކު ޑޮކިއުމަންޓް ކުރަން ސަރުކާރުން އިސްވެގެން މަސައްކަތް ފެށީމަ ކަމަށާއި، ގަދަކަމުން ފޮނުވަން އުޅުނުނަމަ އެކަން ނުވާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އޭނާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަހާ ހިނދަކު ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބިދޭސީން މުޒާހަޜާ ކުރަނީ މި ސަރުކާރުން ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން މިހާރު ބޭރުކުރަން ފަށައިފަވާތީ އެކަމުގެ ރުޅި މިބައިމީހުން މިބާލަނީ' މިކަން އަހަރެންއަށްވެސް ޔަޤީންވީ އިބޫ ސޯލިހުއަށް ވަރަށް އެއްޗިސް ކިޔާ މިބައި މީހުންގެ ބަހުން ލިޔެފައި އޮތް ލިޔުމެއްފެނިފައި، މިދޭސީންނަށް މުސާރަ ނުދީ ގެންގުޅުމުގެ ސަގާފަތަކީ ރާއްޖެގައި އެތައް އަހަރެއްވީ ސަގާފަތެއް. އެއީ އިއްޔެއަކު މިއަދަކު ދިމާވެގެން އުޅޭކަމެއްނޫން.
ކޮންމެ ކަމަ ކަށް ސިޔާސަ އޭ ބުނީމާ ހަމައެއް ނުޖެހޭނެ. އެއީ ކޮން ބައެއް. ހައްޔަރު ކުރޭ.ފޭ ކު ވާހަ ކަ ނުދައް ކާ.
ބަލަ ހަމަސް ހަތްމަސް މުސާރަ ނުލިބުނީމާ ސިޔާސަ ވާނޭ ...