ސިފައިންނާާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ކުރި މުޒާހަރާއާ ގުޅިގެން 22 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މުޒާހަަރާ ހޫނުވެ ފުލުހުންތަކަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަށް އަދި އެ ސަރަހައްދުގެ ބައެއް ގެތަކަށް ގެއްލުން ލިބިފައިވެއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން މިހާތަނަށްޖުމްލަ 40 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ވަނީ ކުރިން 22 މީހަކު ވެސް ފުލުހުްނގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިހާރު މި ހަމަނުޖެހުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މުޒާހަރާ ކުރި ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓްްގެ ލޭބާ ކުއާޓާއެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ، ފުލުހުްނގެ ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް މިހާރު އެ ސަރަހައްދުގައި ހަރަކާތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެ ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، މިއަދު ހުޅުމާލޭގައި މުޒާހަރާކޮށްފައިވާ ކަމަށެވެ. އެގޮތުން މި މުޒާހަރާގައި ހިތްހަމަނުޖެހުން ހިނގައި ބައެއް ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން މިއަދު މުޒާހަރާކޮށްފައިވާއިރު، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާކޮށްފައެވެ. އެދުވަހު ވެސް ބިދޭސީންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މުޒާހަރާ ކުރި ބިދޭސީން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުލިބޭތާ 6 މަސް ވެފައިވާއިރު، ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެހާ ލާރި ވެސް އެމީހުން އަތުގައި ނެތެވެ.