ތިލަފުށީގައި ހުންނަ ސެކުއާ ބޭގް ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ވެފައިވާ ނަމަވެސް ދޭތެދޭތެރެއިން ހުޅު ރޯވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރޭ ރޯވި އަލުފާނުގެ ސަބަބުން އެމްއެންޑީއެފްގެ ތިލަފުށީ ފަޔާ ސްޓޭޝަންގެ ސިފައިން އަދިވެސް ފެންޖެހުމުގެ މަސައްކަތުގައި ހަރަކާތްރެި ވަމުންދާ ކަމަށެވެ.

ރޭ 8:24 ހާ އިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ 12:00 ޖަހަން ކައިރިވެފައި ވަނިކޮށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ރޭ ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި ވަނީ އަލިފާން ނިއްވާ މީހުން މާލެއިން 2 ބުރަށް ގޮސްގެންނެވެ. އަދި ފޯމް އާއި ފެން ޖަހައިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ތިލަފުއްޓަކީ ގިނަ އަދަދެއްގެ ގުދަންތަކާއި، އެކިއެކި ފަރާތްތަކުގެ މުދާ ހުންނަ އިންޑަސްޓްރިއަލް ރަށެކެވެ.