ތިލަފުށީގައި ހުންނަ ސެކުއާ ބޭގް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިރޭ 8:24 ހާ އިރު ރޯވި އަލިފާންގަނޑު ކޮންތްރޯލް ކުރެވުނީ ދާދި ދެންމެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، އަލިފާން ރޯވި ގުދަނަކީ އަލިފާން ރޯވާ ޒާތުގެ ގިނަ އެއްޗެހި ހުރި ގުދަނެއް ކަމަށާއި ގިނަ އަދަދަކަށް ދަވާދުވެސް ހުރި ކަމަށެވެ.

ގުދަނުގައި ރޯވި އަލުފާނުގެ ސަބަބުން ލިބުނު ގެއްލުމާއި، ރޯވެ އަނދައިގެން ދިޔައީ ކިހާ މިންވަރެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި މީހަކަށް ކަމެއް ނުވެއެވެ.

މިރޭ ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި ވަނީ އަލިފާން ނިއްވާ މީހުން މާލެއިން 2 ބުރަށް ގޮސްގެންނެވެ. އަދި ފޯމް އާއި ފެން ޖަހައިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ

ތިލަފުއްޓަކީ ގިނަ އަދަދެއްގެ ގުދަންތަކާއި، އެކިއެކި ފަރާތްތަކުގެ މުދާ ހުންނަ އިންޑަސްޓްރިއަލް ރަށެކެވެ.