އެމްއެންޑީއެފުން އުފެއްދި އާ މަގާމެއް ކަަމަށްވާ އެޖުޓަންޓް ޖެނެރަލްގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަން ކޮށްފިއެވެ.

މި މަގާމް އުފެއްދުމަށް ފަހު އިބްރާހިމް މުހައްމަދު މަގާމަށް އައްޔަން ކުރީ މިކަމަކަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަގާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯ (އޭޖީ ކޯ) އަކީ ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސެރެމޯނިއަލް ޑިއުޓީތައް އަދާކުރުމާއި ސިވިލް އަދި ޕަބްލިކް އެވެއާޒްގެ ހިދުމަތްތަކާއި، ލީގަލް ސަޕޯޓާއި، އަސްކަރީ ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމާއި ހިއުމަން ރިސޯސް އާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕާޓީސް ފޯރުކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ ސަޕޯޓް ސަރވިސްއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސްގެ މަގާމަށް މިއަދު އައްޔަންކުރެއްވި ކާނަލް މުހައްމަދު އިބްރާހީމް ކުރިން ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމުގައެވެ.