ގޭސްފުޅިތަކެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށިން ފުރައިގެން މާލެ ދަތުުރުކުރި ދޯންޏަކުން ގުޅީފަޅު ނެރުމައްޗާ ދިމާލުން ގޭސްފުޅިތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މޫސުމް ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މިއަދު ހަވީރު 3:00 ހާއިރު މޯލްޑިވްސް ގޭސް ކުންފުނީިގެ "ގޭސްމާ" ނަމަކަށް ކިޔާ ދޯންޏަކުން ކަނޑަށް ވެއްޓިފައި ވަނީ ފެހި ކުލައިގެ 10 ކިލޯގެ 6 ގޭސްފުޅި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ފަުރު މުރުމަށާއި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން އެދޭ ކަމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.

ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މި ހާދިސާ ހިނގާފައިވާއިރު، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް އުދަ އަރާ ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މޫސުން މީގެ ކުރިންވެސް ވިއްސާރަވެ ވަނީ އެފަދަ ހާދިސާތައް ހިނގާފައެވެ. އެގޮތުން ކޮޅިގަނޑުގައި ކ.ގުޅީފަޅުން 20 ފޫޓްގެ ޕްލާސްޓިކް ޝީޓް ތަކެއް ކަނޑަށް ވަނީ ދޫވެފައެވެ.