އަންހެނުން އަޅާ ހެދުމަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން އަމާޒުވާ އެއްޗެކެވެ. ތަފާތު ގޮތަކަށް ނުވަތަ ފަހުގެ ޓްރެންޑަށް ހެދުން އަޅައިގެން ބޭރުތެރޭގައި އުޅޭއިރު، މީހުން ބަލާވަރުވެސް ގިނައެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނެވެ.

"ކޮން ބިޓަކަށް ދެއްކެން ތިހާ ރީތިވެލައިގެން ތިދަނީ" މިއީ އާންމުކޮށްވެސް ގިނަ މީހުންނަށް އަމާޒުވާ ސުވާލެކެވެ. ހެދުން އަޅަނީ ކޮންމެވެސް ބިޓަކަށް ދެއްކެން ކަމަށެވެ. ނަމަވެސް މިއީ ގިނަ އަންހެނުން އެއްބަސްނުވާ ކަމެކެވެ. ރީތިކޮށް ހެދުން އަޅަނީ އަމިއްލަ ހިތްހަމަ ޖެހުމަށް ކަމަށް ބުނެއެވެ.

ބޭރުގެ ދިރާސާތަކުން ދައްކާގޮތުގައި 42 ޕަސަންޓް އަންހެނުން ހެދުން އަޅަނީ އެހެން އަންހެނުންނަށް ދެއްކޭށެވެ. އެހެން ދިރާސާއަކުން ދައްކާގޮތުގައި އަންހެނުން، ފިރިހެނުންނަށްވުރެ ގިނައިން އަންހެނުން ހެދުން އާޅާގޮތަށް ބަލައެވެ. އެގޮތުން 86 ޕަސަންޓް މީހުން ބުނާ ގޮތުގައި، ނުދަންނަ ފިރިހެނަކު ހެދުން އަޅާގޮތް ކަމުގޮސްގެން ތައުރީފު ކުރަން ހިތަށް ވެސް ނާރައެވެ. ނަމަވެސް ނުދަންނަ އަންހެނަކު ރީތިކޮށް ހެދުން އަޅައިގެން ހުންނަތަން ފެނިއްޖެނަމަ އޭނާއަށް ތައުރީފު ކުރަން ވެސް ބޭނުން ވެއެވެ.

ބަޔަކު ހެދުން ގަންނަނީ

ސުވާލަކީ، މިވަރަކުން އަންހެނުން، އަންހެނުން ހެދުން އަޅާ ގޮތް ބަލަނީ ކީއްކުރަން ހެއްޔެވެ؟

އެކަކަށްވުރެ އަނެކަކު ރީތިވުމަށް

މީހަކު ހެދުން އަޅާގޮތަކީ އަނެކަކުގެ ސަމާލުކަން ވަރަށް އަވަހަށް ދަމާގަންނަ އެއްޗެކެވެ. އެކަކު ހެދުން އަޅާގޮތަށްވުރެ ރީތިކޮށް ހެދުން އެޅުމަށް ވެސް ބައެއް ފަހަރު މީހުން މަސައްކަތްކުރެއެވެ. އެކަކު ހެދުން އަޅާ ސްޓައިލަށް ބަލާ، ޖަޖް ކުރުމަށްފަހު އަނެކާ ހެދުން އަޅަނީ އެއަށްވުރެ ބޮޑަށް އަނެކަގެ ސަމާލުކަން ދަމާގަންނަ ގޮތަކަށެވެ.

މާ ކަމުދާ ސްޓައިލެއް ގެންގުޅޭ މީހުން

ޕްރިޔަންކާ ހެދުން އަޅާގޮތަށް ސުނީތާ ހެދުން އަޅައިން

ތިމާއަށް މާ ކަމުދާ ގޮތަކަށް ހެދުން އަޅާ މަޝްހޫރު ޝަހުސިއްޔަތަކު އުޅޭ ނަމަ، އާންމުކޮށް އޭނާ ހެދުން އަޅާގޮތް ބަލާ ދިރާސާ ކުރެވޭނެއެވެ. އޭނާ ހެދުން އަޅާ ގޮތަށް ހެދުން އަޅައިފިނަމަ ތިމާގެ ވެސް މި ޝަހުސިއްޔަތެއްގެ ހުންނަ ރަނގަޅު ސިފަތައް ހުރެދާނެތީ ކަމަށް ވެސް ވެދާނެއެވެ.

އަމިއްލަ ނަފްސަށް ހިތްވަރު ދިނުމަށް

ދިރިއުޅުމުގައި ބޮޑެތި ކާމީޔާބީއެއް ހޯދާފައިވާ ނުވަތަ ހޯދި މީހަކު ހެދުން އަޅާގޮތް ބަލާ، އެގޮތަށް ހެދުން އަޅާ މީހުން ވަރަށް ގިނައެވެ. ފަހަރުގައި މިއީ، އަމިއްލަ ނަފްސަށް އިތުރު ހިތްވަރެއް ދިނުމަށް ކުރާ ކަމަކަށް ވެސް ވެދާނެއެވެ. މިގޮތަށް ހެދުން އެޅުމަކީ އެހެން މީހުން ގަޔާވާ، ނުވަތަ ތިމާއަކީ ހިތްވަރުގަދަ މީހަކު ކަން ދޭހަކޮށްދޭ ކަމަކަށް ވާތީއެވެ.

އެއްގޮތް ގޮތަކަށް ހެދުން އަޅައިން ތިބި ބައެއް

ގިނަ އަންހެނުން އެއްބަސްވާ ގޮތުގައި އިންސްޓަގްރާމް، ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ފިރިހެނުންގެ ޕްރޮފައިލްތަކަށްވުރެ ގިނައިން އަންހެނުންގެ ޕްރޮފައިލް ބަލާލެވެއެވެ. އެއީ، މާކަމުދާ ގޮތަކަށް ހެދުން އަޅާ މީހެއް ނަމަ، އޭނާ އާ ފޮޓޯއެއް ލާތޯ އިންތިޒާރުގައި ހުރެވެއެވެ. ހެދުން އަޅާގޮތް އެކަންޏެއް ނޫނެވެ. އިސްތަށިގަނޑު ހަދާ ގޮތާއި މޭކަޕްކުރާ ގޮތް އަދި ފައިވާނުގެ އިތުރުން ގެންގުޅޭ އަތްދަބަސް ހެދުމާ ގުޅުވާލާ ގޮތް ވެސްމެއެވެ.