ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11 އަކަށް އަރާފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްފައިވާ 77 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އޭނާ މަރުވެފައި ވަނީ ރޭ 1:52 ހާއިރު ކަމަށް އެޗްޕީއޭން ބުނެއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 11 މީހަކު މަރުވެފައި ވާއިރު، އެންމެ ފަހުން މަރުވެފައި ވަނީ އުމުރުން 92 އަހަރުގެ ދިވެއްސެކެވެ. އަދި އޭގެ ކުރީ ދުވަހު މަރުވެފައި ވަނީ 43 އަހަރުގެ ޕިޕީންސް ފިރިހެނެކެވެ. މީގެއިތުރުން މަރުވެފައި މީހުންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އަދި މިއަދު މަރުވި 39 އަހަރުގެ އިންޑޮނޭޝިއާ ފިރިހެން މީހާއެވެ.
ރާއްޖެއިން ކޮވިޑް ޖެހިފައިވާ ޖުމްލް މީހުންގެ އަދަދަަށް ބަލާއިރު، 2435 މީހުންނަށެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 390 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުްނގެ އަދދަު ވަނީ ޖުމަލް 2030 އަށް އަރާފައެވެ.