ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވި 25 މީހުންނާއެކު މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 390 އަށް އަރައިފިއެވެ.
މިއަދު 25 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 54 މީހުން ރަނގަޅު ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހުންނާއި އިންޑިއާ އެކަކާއި ނޭޕާލް އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2435 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2030 އަށް އަރާފައެވެ.
ރާއްޖެއިން މިހާރު 2030 މީހުން ރަނގަޅުވެފައި ވާއިރު، ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ވަނީ ހުޅުވާލާފައެވެ. ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅޭވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 112 މީހުން އަދި އައިސޮލޭޝަންގައި ތިބީ 269 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 10 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 5 ބިދޭސީންނެވެ. 5 ދިވެހިންގެ ތެރޭގައި 3 ފިރިހެނުންނާއި 2 އަންހެންުން ހިމެނޭ އިރު އެއީ ދޮށީ އުމުރގެ މީހުނެނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހރުގެ ފިރިހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 10 މީހުންނެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 7 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 863 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1261 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 224 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 44 މީހުނާއި ސްރީލަންކާގެ 19 މީހުންނެވެ.