މިއަދު ކޮވިޑަށް 10 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއަދު 7 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު 10 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2410 އަށް އަރާފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި 10 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި، ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާގެ އެކަކާއި އިންޑަނޭޝިއާގެ މީހެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 82 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެ ގޮތުން މިހާރު މި ބައްޔަށް ބޭސްކުރަމުން ދަނީ މީހުންނެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 115 މީހުން އަދި އައިސޮލޭޝަންގައި ތިބީ 264 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 10 މީހަކު މަރުވެފައި ވާއިރު، އެންމެ ފަހުން މަރުވެފައި ވަނީ އުމުރުން 92 އަހަރުގެ ދިވެއްސެކެވެ. ދެން މަރުވެފައި ވަނީ 43 އަހަރުގެ ޕިޕީންސް ފިރިހެނެކެވެ. މީގެއ ިތުރުން މަރުވެފައި މީހުންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އެންއީ އޯސީ ގެ ދަށުން ކޮވިޑްގެ ކަންކަން ބަލަމުން މީގެ ކުރިން އައި ނަމަަވެސް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑްގެ ކަންކަން ބަލަމުން ދަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.