ބ. ބޮޑުފިނޮލޫގައި ބިދޭސީން ހިންގި ހަމަނުޖެހުމުގެ ތެރޭގައި އެ ރަށުގައިވާ ވެހިކަލް ތަކުގެ ބިއްލޫރިތައް ތަޅާލާ، ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

އެ ރަށަަށް އަރާފައިވާ ފުލުހުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ މުދަލަށް ވަނީ ބޮޑެތި ގެއްލުނަތަކެއް ދީފައެވެ.

އެގޮތުން ހެވީ ލޯޑް ވެހިކަލްތަކަށް ދީފައިވާ ބޮޑެތި ގެއްލުންތަކުގެ ތެރޭގައި އެ ވެހިކަލްތަކުގެ ބިއްލޫރިތައް ތަޅާލުމާއި ކަރަންޓް ވަޔަރިންއަށް ބޭނުންކުރާ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. ވެހިކަލްތަކުގެ ލޯގަނޑުތަކާއި ލައިޓްތައްވެސް ވަނީ ތަޅާލާފައެވެ.

ވެހިކަލް ތަކުގެ ބިއްލޫރިތައް ތަޅާލާފަ

ހަމަ އެެހެންމެ ރަށުގެ އޮފީހުގައި ހުރި ދޮރުތަކާއި ހިފާ ގެންގުޅޭ ސާމާއި ތަކެއްޗާއި ލިޔެކިޔުންތައްވެސް ވެސް ވަނީ ހަކާލުކޮށް ގެއްލުން ދީފައެވެ.

ތަނުގެ ކަރަންޓް ވަޔަރިންތައް ހަލާކުކޮށްލާފައި ވާއިރު، މޭޒާއި ގޮނޑިފަދަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ. ހަމަ އެހެންމެ އެއްގަމުގައި އޮތް ލޯންޗެއް ފަޅާލާފައި ވާއިރު، އެ ތަކެތީގެ އިންޖީނުގެ ކަވަރުވެސް ވަނީ ހަލާކު ކޮށްލާފައެވެ.

މީގެ އިތުރުން އެ ރަށުގައި ބޭނުން ކުރާ ބައެއް ކަރަންޓް ސާމާނު ވަޅުލާފާވާ ކަމަށާއި އެ ތަކެތި ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުޅުމާތު ލިބެއެވެ.

ބޮޑުފިނޮޅަކީ ހަދަމުންދާ ރިސޯޓެކެވެ. އެ ރަށުގައި މަސައްކަތް ކުރަން ތިބީ 203 ބިދޭސީންނާއި 15 ދިވެހިންނެވެ. އެ 15 ދިވެހިންގެ ތެރެއިން 3 ދިވެއްސަކު ފުލުހުން ރޭ ސަލާމަތް ކޮށްފައި ވާއިރު މިއަދު ވަނީ ބާކީތިބި 12 ދިވެހިން ސަލާމަތް ކޮށްފައެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.