ބޮޑުފިނޮޅުގައި ބިދޭސީންގެ ބަޔަކު ދިވެހިން ރަހީނުކޮށް ހިންގާ ހަމަނުޖެހުމުގައި، ދިވެހިން ތިބީ ބަނދެފައި ކަން އެނގިއްޖެެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން މަސްދަރަކުން ބުނީ 15 ދިވެހިން އެބަ ތިބި ކަމަށާއި، ބިދޭސީން ތިބީ ހޮޅިބުރި ފަދަ ހަތިޔާރުވެސް ހިފައިގެން ކަމަށެވެ.

އެމީހުންގެ ޑިމާންޑަކީ މުސާރަ ކަމަށާއި މުސާރަ ދިނުމުން ދިވެހިން ދޫކޮށްލާނެ ކަމަށް އެމީހުން ބުނާ ކަމަށްވެސް މައުލޫމާތު ދިން މަސްދަރުން ވަނީ ބުނެފައެވެ.

ބ. ބޮޑުފިނޮޅަށް ފުލުހުން ދަނީ

ބ އަތޮޅު ބޮޑުފިނޮޅުގައި މިވަގުތު ރަހީނުކޮށްފައި ތިބި މީހުންގެ ތެރޭގައި އުމުރުން 40 އަހަރު ފުރިފައިވާ ބ. ތުޅާދޫ 8 މީހަކާއި 50 އިން މަތިވެފައިވާ ށ. މިލަންދޫ 4 މީހަކު ތިބިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ބާކީ ތިބި ދިވެހިންނަކީ ކޮން ރަށެއްގެ ބައެއްކަން ސާފުވާގޮތެއް ނުވެއެެވެ.

އެރަށުގައި ތިބި ދިވެހިންނަނީ ށ މިލަންދޫ މަސައްކަތު ގްރޫޕަކަށް ނިސްބަތްވާ ބައެއް ކަމަށްވެސް ވަނީ އެނގިފައެވެ.

އެރަށުގައި ރަހީނު ކޮށްފައިވާ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ އިރު، އެ ރަށުަގއި ތިބި 15 މީހުންގެ ތެރެއިން 4 ދިވެއްސަކު ފުުލުހުން ސަލާމަތް ކޮށްފައި ވާއިރު އެކަކު ވަނީ ފަތާފައި ކައިރީގައި އޮންނަ ތުޅާދުއަށް އަރާފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިހާރު ފުލުހުންގެ އިތުރު ޓީމަކާއި ބަންގްލަދޭޝްގެ ހައިކޮމީޝަނުގެ އޮފިޝަނުން ވަނީ ބޮޑުފިނޮޅަށް ދިއުމަށްޓަކައި މާލެއިން ފުރާފައެވެ.