ބ. އަތޮޅު ގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހިންތަކެއް އެރަށުން ފޭބިޔަ ނުދީ ބިދޭސީންތަކެއް ހިފަހައްޓާ ހަމަނުޖެހުން ހިންގައިފިއެވެ.

ބިދޭސީންތައް ދިވެހިން ރަހީނުކޮށްގެން ހިފަހައްޓާފައި ވަނީ ބ. ބޮޑުފިނޮޅުގައިކަން ވަނީ އެނގިފައެވެ.

މިހާރު ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން ދާ އިރު، ރަށުގައި ހަމަނުޖެހުމެއް ނުވަތަ ކުރިމަތިލުމެއް ހިނގާ ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

ފުލުހުން ބުނީ، ދިވެހިން ހިފަހައްޓައިގެން އުޅެނީ ބަންގްލަދޭޝް މުވައްޒަފުން ތަކެއް ކަމަށެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިނގައިގެން އުޅެނީ، ބިދޭސީންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެގެން ކަމަށް "ދް ޕްރެސް" އަށް ވަނީ އެނގިފައެވެ.

އެ ބިދޭސީން އިހުތިޖާޖުކޮށް ރަށުގެ ބައެއް ތަންތަނުގައި ރޯކުރަމުން ދާ ކަމަށާއި އެހަމަނުޖެހުމުގެ ތެރޭގައި، ދިވެހި ބައެއް މުވައްޒަފުން ރަށުން ފުރިޔަ ނުދީ ހިފަހައްޓާފައި ވާ ކަމަށްވެސް ވަނީ އެނގިފައެވެ.

މުސާރަ ނުދީގެން ކަމަށް ބުނެ ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގަމުން ދާއިރު، މީގެ ކުރިންވެސް ބިދޭސީންގެ އިތުރުން ދިވެހިންވެސް ވަނީ ބައެއް ރަށްރަށުގައި މުސާރައިގެ މައްސަލައިގައި އިހުތިޖާޖު ކޮށްފައެވެ.