ނިއު ނޯމަލްގައި މާލެ ހުޅުވާލާ، ލޮކްޑައުންއަށް އިތުރު ލުއިތަކެއް ދިނުމާއެކު ވެމްކޯގެ ހިދުމަތްދޭ ގަޑިތައް އިތުރުކޮށްފިއެވެ.
ވެމްކޯއިން ވަނީ ލޮކްޑައުންއާ ގުޅިގެން ކުނި ނަގާ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ މެންދުރު 12:00 އިން 2:00 އަށެވެ. ނަމަވެސް މިހަރު މި ވަގުތު ވަނީ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް އިތުރުކޮށްފައެވެ.
ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭ ވަގުތުތައް:
- މާލޭ ސިޓީ: - 8:00 އިން 0:00 އަށް - ހުކުރު ދުވަހު، 8:00 އިން 11:00 އަށް އަދި 14:00 އިން 0:00
- ހުޅުމާލެ: - 8:00 އިން 0:00 އަށް - ހުކުރު ދުވަހު، 8:00 އިން 11:00 އަށް އަދި 14:00 އިން 0:00
- ވިލިމާލެ: - 8:00 އިން 22:00 އަށް - ހުކުރު ދުވަހު، 8:00 އިން 11:00 އަށް އަދި 14:00 އިން 21:00
- ތިލަފުށި: - 8:00 އިން 21:30 އަށް - ހުކުރު ދުވަހު، 8:30 އިން 11:00 އަށް އަދި 14:30 އިން 21:30
- އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް: - 8:00 އިން 21:00 އަށް - ހުކުރު ދުވަހު، 8:00 އިން 11:00 އަށް އަދި 14:00 އިން 21:00
- އައްޑޫ ސިޓީ ހުޅުމީދޫ: - 8:00 އިން 16:00 އަށް - ހުކުރު ދުވަހު، 8:00 އިން 11:00 އަށް އަދި 14:00 އިން 16:00
- ފުވައްމުލައް ސިޓީ: - 8:00 އިން 18:00 އަށް - ހުކުރު ދުވަހު، 8:00 އިން 11:00 އަށް އަދި 14:00 އިން 16:00
- ރ. ވަންދޫ: - 8:00 އިން 16:00 އަށް - ހުކުރު ދުވަހު، 8:00 އިން 11:00 އަށް އަދި 14:00 އިން 16:30
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު ވެމްކޯ އިން ދެމުން ގެންދިޔަ ހިދުމަތްތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ވެމްކޯއިން ވަނީ ކުނި ބޭރަށް ނެރޭނެ ގޮތްތަކާއި، އެކަމުގައި އެންމެ ރައްކާތެރި ގޮތްތައް ވެސް ރައްޔިތުންނަށް ކިޔައިދީފައެވެ.
ވެމްކޯއިން ވަނީ ހިދުމަތް ހޯދާ ކަސްޓަމަރުން މި ބަދަލުތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ވެމްކޯގެ ކޯލް ސެންޓަރު ނަންބަރު 1666އަށް ގުޅުމުން ލިބޭނެ އެވެ. ކޯލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 6:00 އާ ހަމައަށްކަމަށް އެކުންފުނިން ބުނެފައިވެއެވެ.