މައްސަލައެއް ހުށަހަޅައިގެން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ނުބަލާ ނަމަ ޕީޖީއަށް ހުށަހެޅުމުން އެ ކަމެއް ބަލައިދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީ، އައިޖީއެމްއެޗް އަދި ޕީޖީ އޮފީސް ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސްފައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ވަރަށް ގިނައިން މައްސަލަތައް ހުށަހަޅައިގެން އެ މައްސަލަތައް ނުބަލާ ކަމުގެ ޝަކުވާ އިވޭ ކަމަށެވެ. އެހެންކަމުން، މި ފަދަ ޝަކުވާއެއް އޮތިއްޔާ ހުށަހެޅުމަށް އޭނާ ވަނީ އެދިލައްވާފައެވެ.

ޕީޖީ ވިދާޅުވީ މިފަދަ ކަންކަމުގައި އަމަލު ކުރަންވީ ގޮތް ގާނޫނުގައި ކިޔައިދީފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އިދާރާއަކަށް ޖިނާއީ މައްސަލައެއް ހުށަހަޅާއިގެން އެ މައްސަލަ ބަލައި ނުދީފި ނަމަ އެ މައްސަލަ ބަލަން އަމުރު ކުރުމުގެ ބާރު ގާނޫނުން ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތައެއް އޭނާގެ ސަމާލު ކަމަށް އައިސްފި ނަމަ އެ ބާރުގެ ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މައްސަލަތައް ހުށަހެޅުމުން އެކަން ހައްލުކޮށްދިނުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ކަމެއް ކަމަށެވެ. ކޮންމެ ތަނެއްގައި އެ މައްސަލައެއް އޮތަސް އެކަން ހައްލުކޮށްދިނުމަކީ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަހުން ސަފާރީއެއްގައި ހިނގި ހާދިސާ ފުލުހުން އެކަށީގެންވާ ވަރަށް ތަހުގީގު ނުކުރާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ގާނޫނާ އެއްގޮތަށް ތަހުގީގު ހިނގާތޯ ބެލުމުގެ ޒިންމާ އޮތީ ޕީޖީއަށް ކަމަށްވުމާއެކު، ޖިނސްީ ކުށުގެ މައްސަލަތައް ދިރާސާ ކުރުމަށް ޝަމީމް ވަނީ ނިންމަވާފައެވެ. އަދި މި މައްސަލަތަކުގެ ތަހުގީގު ހިނގައިދިޔަ ގޮތް ސާފުކޮށް ލިޔުމެއް ފިނުވަން އޭނާ ވަނީ ފުލުހުންނަށް އަމުރެއް ފޮނުވާފައެވެ.

ޝަމީމް ވިސާޅުވީ ފުލުހުންގެ ތަހުގީގުގައި އެއްވެސް ނުފޫޒެއް ނުވަތަ ގޯހެއްވާ ނަމަ އެކަން ރަނަގޅު ކރުުމަށް ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. އަދި މިކަމާ ބެހޭ ތަފްސީލު ދެ ހަފްތާ ތެރޭ ލިބޭނެ ކަމަށާއި، މިކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.