މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ، މާލެ ޖަލުން ނެގި 101 ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލެ ޖަލުން ސާމްޕަލް ނަގާފައި ވަނީ މި މަހުގެ 21ވަނަ ދުވަހުއެވެ. މްޕަލް ނެގިފައި ވަނީ 70 އޮފިސަރުންނާއި މުވައްޒަފުންނާއި 24 ގައިދީންނާއި ބަންދު މީހުން އަދި 7 ވެއިޓަރުންގެ ގައިންނެވެ.

މާލެ ޖަލުން ކޮވިޑަށް އެ ޖަލުގެ އީއެސްޖީ އޮފިސަރެއް ޕޮޒިޓިވްވެފައިވާއިރު ކްރިމިނަލް ކޯޓުގެ، ކޯޓު އޮފިސަރަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއަދުވެސް ރާއްޖެއިން 19 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަންގްލަދޭޝް 10 މީހަކާއި އިންޑިއާ ދެ މީހެކެވެ.

މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން މި ބައްޔަށް 2324 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް 1911 މީހަކު މި ބަލިން ރަނގަޅުވެފައިވާއިރު މި ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ 400 މީހަކަށެވެ.