ސްރީލަންކާގައި ގަވައިދާ ހިލާފައް އުޅެމުންދިޔަ ދިވެހި އާއިލާއެއް ހައްޔަރު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިގެން ފޮރިން މިނިސްޓްރީން އެކަން ބަލަމުންދާ ކަމަށާއި ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިންވެސް އެ ގައުމެއްގެ ގާނޫނުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެއީ ފަސް މެންބަރުންގެ އާއިލާއެއް ކަމަށާއި އެންމެނަކީވެސް އެއް އާއިލާއެއްގެ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ މައުލޫމާތެއް ލިބިގެން އެކަން ބަލަމުން މި ދަނީ އަޅިުގަނޑުމެން އަޅުގަނޑުމެންގެ އިލްތިމާސްއަކީ ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިންވެސް އެ ގައުމެއްގެ ގާނޫނުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުން.
މިއުވާން

"ދަ ޕަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން ހައްޔަރު ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ލަންކާގައި ދިރިއުޅެމުންދާތީއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެ އާއިލާގެ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށްވެސް މަުއުލޫމާތު ލިބެއެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ދިވެހިން އެކި ގައުމުތަކުން ހައްޔަރުކޮށްފައިވެއެވެ.