މަކުނުދޫގައި އެއްޖިންސުން ގުޅުން ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މަކުނުދޫގައި ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ މައްސަލައެއް އިއްޔެ ހަވީރު 6:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެއްޖިންސުން ގުޅުން ހިންގުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ. ނަމަވެސް ރާއްޖޭގައި ދޭތެރެ ދޭތެރެއިން އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. މީގެ އިތުރުން، ފިރިހެނުން ކުޑަ ފިރިހެން ކުދިންނާ ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅުމުގެ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ. އަދި އަންހެނުންގެ މައްސަލަތައްވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.
ގައިމު އަންހެނުންވެސް ތިކަން ކުރޭ. އެކަމަކު ދުވަހަކުވެސް އަންހެނަކު ހައްޔަރުކުރާތަނެއް ނުފެނޭ.