ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މަހްމޫދު ރިޔާޒު އައްޔަން ކުރައްވައިފިއެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މަހްމޫދު ރިޔާޒު މިއަދު އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މަހްމޫދަކީ ކަސްޓާމްސް ގައި 27 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން އޭނާ ހުންނެވީ އެ އިދާރާގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ.

ކަސްޓަމްގެ ޑެޕިއުޓީ ކަމިޝަރުންގެ ދެ މަގާމް އޮތް އިރު، އެއް މަގާމުގައި ދެން ހުންނެވި އަބްދުﷲ ޝަރީފް، ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އިއްޔެ އައްޔަން ކުރައްވާފައެވެ.

ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމަށް މަހްމޫދު އައްޔަން ކުރައްވައިފައިވާ އިރު، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ދެން ހުންނެވީ މުހައްމަދު މާނިއުއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި 8 ވަނަ ދުވަހުއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ކަމުގެ މަގާމު ފުރަތަމަ ފުރުއްވީ މަރުހޫމް އަހުމަދު ނުއުމާން އެވެ. އޭނާ ވަނީ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހު މިދިޔަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުގެ އަވަހާރަ ވެފައެވެ.