ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލެއް ހިންގި މައްސަލައެއްގެ ތަހުގީގަށް ހާޒިޒުވުމަށް ބިދޭސީއަކަށް އަންގައިފިއެވެ.

ތަހުގީގަށް ހާޒިރުވާން އަންގާފައި ވަނީ އެމްޑީ އިދްރީސް ނަމަކަށް ކިޔާ 33 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކއެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ C1497280 އެވެ. އަދި ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް އަންނަ ޖުލައި މަހުގެ 02 ވަނަ ދުވަހުގެ 14:00 އަށް ހާޒިރު ކުރުމަށް އިއުލާން ކޮށްފައި ވަނީ، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.

ފުލުހުން ބުނީ، މި ބިދޭސީ މީހާ ހޯދަނީ، އައްޑޫ ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީ ކަމަށެވެ. ފުލުހުން ބުނީ، އޭނާ އުޅެނީ ސްޕޮންސަރަށްވެސް ފިލައިގެން ކަމަށެވެ.

ފުލުހުން ބުނީ މިފަދައިން އުޅޭ ވަކި ތަނެއް ނޭނގޭ މީހުން ޖިނާއީ މައްސަލަތައް ތަހުގީގަށް ހާޒިރު ކުރުމުގައި ފުލުހުން އަމަލުކުރަނީ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުން ކަމަށެވެ.