ގއ. މާމެންދުއިން ފުރަތަކަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު ޒައީމް ވިދަޅުވީ އެ ރަށުން ފުރަތަމަ ޕޮޒިޓިވްވި މީހާ މެއަށް ތަދެއް އެރުމުން މިއަދު ހެނދުނުގެ ވަގުތެއްގައި އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވާ ކަމަށެވެ.

އޭނަ އާ އެކު ދެން އެ ރަށުން ޕޮޒިޓިވްވި ދެމީހުން އަދިވެސް ތިބީ މާމެންދޫގައި ހޯމް ކަރަންޓީންގައެވެ.

އޭނާގެ މެއަށް ތަދެއް އެރައިގެން އިތުރު ފަރުވާއަށް މާލެ ފޮނުވާފައި ވަނީ މިއަދު ހެނދުނު
ކައުންސިލް ރައީސް

މި މަހުގެ 18 ވަނަ ދުވަހު މާމެންދޫއަށް މާލެއިން ދަތުރު ކުރި މީހަކު ޕޮޒިޓިވް ވެފައިވާ އިރު އޭނާއާއެކު ދަތުރު ކުރި ދެ މީހުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި ދެ މީހުން ތިބީ އެރަށުން ކުރިން ޕޮޒިޓިވްވި މީހާއާ އެއްކޮށް އެއް ކޮޓަރިއެއްގައި ހޯމް ކަރަންޓީނުގައެވެ.

އެ ކޭސްއާ ގުޅިގެން މާލެއިން 5 މީހަކު ކަރަންޓީން ކޮށްފައިވާ އިރު، މާމެންދޫން ފުރަތަމަ ޕޮޒިޓިވްވި މީހާ މާލެއަށް ދަތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އޭނާ މާލެއަށް އައިސްފައި ވަނީ ބަލިމީހެއްގެ އެހީތެރިއެއްގެ ގޮތުގައެވެ. މާލޭގައި އޭނާ ގެސްޓް ހައުސެއްގައި އިތުރު ދެމީހަކާ އެކުގައި އަދި މި މަހުގެ 6 ވަނަ ދުވަހު އޭނާ ކޮވިޑަށް ޓެސްޓު ކުރެވުނު ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވިއެވެ. ނަމަވެސް އޭރު ކުރި ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމަށް މަބަރޫކް ވަނީ ވިދާޅުވެފައެވެ.