ހަށިވިއްކާ ދިވެހި އަންހެނުންނާއި ބިދޭސީ އަންހެނުންގެ މައުލޫމާތު ހިއްސާ ކުރަމުން އަންނަ ވައިބާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހަށިވިއްކާ ދިވެހި އަންހެނުންނާއި ބިދޭސީ އަންހެނުންގެ މައުލޫމާތު ހިމެނޭ ވައިބާ ގްރޫޕެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނެފައިވާ އެ ވައިބާ ގްރޫޕަކީ ދިވެހި އަންހެނުންނާއި ހަށިވިއްކާ އަންހެނުންގެ ފޯނު ނަންބަރުތައް ހިއްސާ ކުރާ ވައިބާ ގްރޫޕެކެވެ.
ރާއްޖޭގައި މަސާޖުޕާލާތަކުގައި ބިދޭސީން ލައްވާ ހަށިވިއްކުވާ މައްސަލައަކީ އާއްމު މައްސަލައެކެވެ. މީގެކުރިން މާލޭގައި މަސާޖުޕާލާތައް ހުޅުވާފައި ބަހައްޓަނީ އާއްމު ގޮތެއްގައި މިފަދަ ބޭނުންތަކަށް ކަމަށްވީ ނަމަވެސް ފުލުހުން ވަނީ އެފަދަ ގިނަ ތަންތަން މީގެކުރިން ބަންދު ކޮށްފައެވެ.
ނަމަވެސް މިހާރުވެސް މަދުން ނަމަވެސް މިފަދަ ތަންތަނުން ބިދޭސީން އަންނަނީ ހައްޔަރު ކުރަމުންނެވެ. ބިދޭސީންނާއި އެކުގައި މިފަދަ އަމަލުތަކުގައި ދިވެހިން ވެސް އަންނަނީ ބައިވެރިވަމުންނެވެ.