ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވް ވި މީހުންގެ އަދަދު 9 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ހެނދުނު 08:00 ގެ ނިޔަލަށް ދުނިޔޭގެ އެކި ހިސާބުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 90462028 އަށް އަރާފައެވެ.

  1. އެމެރިކާ: 2356657 ޖުމުލަ ކޭސް | އެކްޓިވް ކޭސް: 1254055
  2. ބްރެޒިލް: 1086990 ޖުމުލަ ކޭސް | އެކްޓިވް ކޭސް: 457105
  3. ރަޝިއާ: 236858 ޖުމުލަ ކޭސް | އެކްޓިވް ކޭސް: 339711
  4. އިންޑިއާ: 426910 ޖުމުލަ ކޭސް | އެކްޓިވް ކޭސް: 237252
  5. ޔޫކޭ: 304331 ޖުމުލަ ކޭސް | އެކްޓިވް ކޭސް: ތަފާސް ހިސާބު ލިބިފައެއް ނުވޭ

މި ދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން ފަށާފައިވާ ދަނޑިވަޅެކެވެ. ނަމަވެސް، ބަލިމަޑުކަން އަދިވެސް ފިލާ ނުދާ ކަމަށާ، ދުނިޔެ މިސްރާބު ޖަހާފައިވަނީ ބިރުވެރި މަރުހަލާއަކަށް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ދީފައެވެ.

ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) ގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދިވެސް ކަށަވަރު ކުރެވިފައި ނުވާއިރު، މި ބައްޔައް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އަދި ބަލިން ދިފާއުވާނެ ވެކްސިނެއްވެސް ހޯދިފައެއް ނުވެއެވެ.

މި ބަލީގެ ޝިކާރައަކަށްވެ، މަރުވި މީހުންގެ އަދަދު 470703 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.