މާލެ ޖަލުގައި މަސައްކަތް ކުރާ ކަރެކްޝަންސް އޮފިސަރެއް ޕޮޒިޓިވްވެއްޖެއެވެ.

މިކަމާ ގުޅިގެން ކްރެކްޝަންސް އިން ބުނީ، މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، އެ ސާވިސްއިން ކަނޑައަޅާފައިފާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ، އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމާ އެކު އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ކަރެކްޝަންސް އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއަދު 5 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ވަނީ އެނގިފައެވެ. އެއީ އެންސިސްގެ މުވައްޒަފަކާއި، ކްރިމިނަލް ކޯޓުގެ މުވައްޒަފެއްގެ އިތުރުން މާލެއިން ގއ މާމެންދޫއަށް ދިޔަ ދެމީހަކާއި މާލޭ ޖަލުގެ މުވައްޒަފެކެވެ.

އިއްޔެއާ ހަމައަށް 2150 މީހެކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި 1769 މީހުން ބަލިން ރަނގަޅުވެ، 8 މީހަކު މަރުވެފައި ވާއިރު، މިހާރު މި ބަލީގައި ފަރުވާ ކުރަމުން ދަނީ 371 މީހުންނަށެވެ.