ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ ކުދިންގެ ތެރެއިން މިވަގުތު 112 ކުދިން އެ ބަލިން ރަނގަޅުވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 18 އަހަރުން ދަށުގެ ޖުމްލަ 133 ކުދިންނަށެވެ. އޭގެތެރެއިން މިހާރު 112 ކުދިން ބަލިން ރަނގަޅުވެފައި ވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު މި ވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 21 ކުދިންނެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު ކުދިންގެ ތެރެއިން މިހާތަނަށް ވަނީ 84 ޕަސެންޓް ކުދިން ރަނގަޅު ވެފައެވެ. އެއީ 1 އަހަރާއި 5 އަހަރާ ދެމެދުގެ 19 ކުދިންނާއި 6 އަހަރާއި 12 އަހަރާއި ދެމެދުގެ 50 ކުދިންނާއި 12 އަހަރާއި 18 އަހަރާ ދެމެދުގެ 43 ކުދިންނެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު އެންމެ ހަގު ކުއްޖާ، (11 ދުވަހުގެ ކުއްޖާ) އަދި ކޮވިޑުން ރަނގަޅު ނުވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިމަހު ކޮވިޑުން ރަނގަޅުވި 18 އަހަރުން ދަށުގެ ކުދިންގެ ރެކޯޑް:
- 2 ޖޫން - 2 ކުދިން
- 3 ޖޫން - 3 ކުދިން
- 4 ޖޫން - 3 ކުދިން
- 5 ޖޫން - 1 ކުއްޖެއް
- 6 ޖޫން - 2 ކުދިން
- 7 ޖޫން - 15 ކުދިން
- 8 ޖޫން - 11 ކުދިން
- 9 ޖޫން - 11 ކުދިން
- 10 ޖޫން - 5 ކުދިން
- 11 ޖޫން - 6 ކުދިން
- 12 ޖޫން - 5 ކުދިން
- 13 ޖޫން - 5 ކުދިން
- 14 ޖޫން - 2 ކުދިން
- 15 ޖޫން - 6 ކުދިން
- 16 ޖޫން - 1 ކުއްޖަކު
- 17 ޖޫން - 3 ކުދިން
- 18 ޖޫން - 4 ކުދިން
- 19 ޖޫން - 1 ކުއްޖަކު
މި މަހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ބަލިން ރަނގަޅު ވެފައިވާ ކުދިންގެ އަދަދު ވަނީ 86 އަށް އަރާފައެވެ. އެގޮތުން މި މަހު އެންމެ ގިނަ ކުދިން މި ބަލިން ރަނގަޅުވެފައި ވަނީ މި މަހުގެ 7، 8 އަދި 9 ވަނަ ދުވަހެވެ. 7 ވަނަ ދުވަހު 15 ކުދިން ވަނީ މި ބަލިން ރަނގަޅު ވެފައެވެ.
ރާއްޖެއިން މިބަލި 133 ކުދިންނަށް ޖެހިފައި ވާއިރު ކުދިންގެ އުމުރުފުރައަށް ބަލާނަމަ އެންމެ ގިނަ ކުދިން ޕޮޒިޓިވް ވެފައި ވަނީ އުމުރުން 12 އަހަރުގެ ކުދިންނެވެ. މިހާތަނަށް އުމުރުން 12 އަހަރުގެ 13 ކުދިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 10 ކުދިން ވަނީ ބަލިން ރަނގަޅު ވެފައެވެ.
ކޮވިޑަށް 133 ކުދިން ޕޮޒިޓިވް ވެފައިވާ އިރު އޭގެ ތެރެއިން ރަނގަޅުވެފައި ވަނީ 62 ފިރިހެން ކުދިންނާއި 58 އަންހެން ކުއްޖަކު ވަނީ ރަނގަޅުވެފައެވެ.