މާލެ ފުރަބަންދާ ގުޅިގެން މެޑިކަލް އިމާޖެންސީގައި ވައިގެ މަގުންނާއި ކަނޑުމަގުން ބަލި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމުގައި އަމަލުކުރަންވީ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
މެޑިކަލް އިމާޖެންސީ އެއް ދިމާވާ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ބަލިމީހާ ގެންދިޔުމަށްޓަކައި އަމަލުކުރާނެ ގޮތް އެޗްޕީއޭން އާންމުކޮށްފައިވާ އުސޫލުގައި ބުނާ ގޮތުން ސީޕްލޭނާއި މަތިންދާ ބޯޓުގެ އިތުރުން ކަނޑު އުޅަނދުފަހަރުގައި ދަތުރު ކުރާނެ އުސޫލު ތަފާތެވެ.
ސީޕްލޭގައި ބަލިމީހުން ގެންދާނެ ގޮތާ ގުޅޭގޮތުން ބުނެފައިވަނީ ބަލިމީހާ ދަތުރުކުރާއިރު ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން އެއްވެސް މީހަކު ދަތުރު ނުކުރުމަށާއި ބަލިމީހާ ބައިންދަން ވާނީ އުޅަނދުގެ ފަހަތު ސީޓުތަކުގައި ކަމަށެވެ.
މަތިންދާ ބޯޓުގައި ބަލި މީހާ ގެންދާއިރު ބަލިމީހާއާއި އެހީތެރިޔާ އާއި އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން ދަތުރުވެރިން ދަތުރުކުރާނަމަ ބަލި މީހާ ބައިންދަން ވާނީ ފަހަތު ސީޓުގައި ކަމަށާއި ފަހަތު ސީޓު ވަށައިގެން ކޮންމެ ފަރާތަކުންވެސް ދެ ސީޓު ހުސްކުރަން އެ އުސޫލުގައި ބުނެފައިވެއެވެ.
ބޯޓުގައި ކަނޑުމަގުން ދަތުރު ކުރާނަމަ އަރުވާނީ ބަލިމީހާއާއި އެހީތެރިޔާއާއި އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާއަށް ވުރެ ކުރީން ކަމަށާއި ކަނޑު އުޅަނދު ފަހަރުގައި ދަތުރުކުރާއިރު ބަލި މީހާ އުފުލާ އުޅަނދު ހުންނަން ޖެހޭނީ ވައި ދައުރުވާގޮތަށް ކަމަށް އެ އުސޫލުގައި ބުނެފައެވެ.
ކަނޑު އުޅަދެއް ވިޔަސް އަދި ވައިގެ އުޅަނޑެއްވިޔަސް އެ އުޅަނދަކުން ދަތުރުކުރާ އެންމެންވެސް މާސްކު އެޅުމަށާއި އުޅަނދު ސާފުކޮށް ޑިސްއިންފެކްޓް ކުރާނޭ ގޮތުގެ މައުލޫމާތުވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
- އެގޮތުން ކޮންމެ ދަތުރެއް ފެށުމުގެ ކުރިންނާއި ކޮންމެ ދަތުރެއް ނިމުމުން އުޅަނދު ރަނގަޅަށް ސާފުކުރުން
- އަތްގަނޑާއި، ހުންގާނު ފަދަ ގިނައިން އަތްލެވޭ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުން
- އުސޫލުތަކާއި އެއްގޮތަށް ސާފުކޮށް ޑިސްއިންފެކްޓު ކުރުން
- ހޮޑުފަދަ ހަށިގަނޑުގެ ދިޔަޔަކުން ތަނެއް ތަގައްޔަރު ވެއްޖެނަމަ ފުރަތަމަ އެތަނުގައި ހުރި އެފަދަ އެއްޗެއް ރަގަޅަށްޓިޝޫއަކުން ސާފުކޮށްލުމަށްފަހު ސައިބޯނި (ޑިޓާރޖެންޓް) ފެން ފޮތިގަނޑަކުން ރަގަޅަށް ފުހެލުން ނުވަތަ ދޮވެލުން
- އަދިއެއަށްފަހު ބްލީޗް ސޮލިޔުޝަން ނުވަތަ 70 ޕަސެންޓް އަލްކޮހޯލް އެކުލެވޭ ސެނިޓައިޒަރެއް ބޭނުންކޮށްގެން ރަގަޅަށް ސާފުކުރުން
- ބްލީޗް ބޭނުން ކުރާނަމަ 10 މިނެޓް ބެހެއްޓުމަށްފަހު ސާފު ފެނުން ފުހެލުން
- އުޅަނދު ސާފުކުރާއިރު ދޮރު ހުޅުވާފައި ބެހެއްޓުން
- ސާފުކުރާމީހުން އަންގިލައްވައި މާސްކް އަޅައިގެން ތިބުން
އުޅަނދު ޑިސްއިންފެކްޓް ކުރުމުގައި އަމަލުކުރާނެ ގޮތް:
- ބްލީޗް ސޮލިއުޝަން ބޭނުންކޮށްގެން ސާފުކުރުން – ބްލީޗް ސޮލިއުޝަން ހެދުމަށްޓަކައި 1 ލީޓާ ފެނަށް 1/2 ޖޯޑުބްލީޗް އަޅައި ރަގަޅަށް އެއްކުރުން.
- އެއަށްފަހު އެސޮލިއުޝަނުން ފޮތިގަނޑެއް ތެންމާފައި ރަގަޅަށް ފެލާލުމަށްފަހުފެން
- ފޮތިލާ ސާފުކުރުން
- ބްލީޗް ސޮލިއުޝަނުން ޑިސްއިންފެކްޓް ކުރުމަށްފަހު ސާފުފެން ފޮތިގަނޑަކުން ބްލީޗްގެއަސަރު ކެނޑޭވަރަށް ސާފުކުރުން
- ދަގަނޑު ނުވަތަ ސްޓީލް ފަދަ އެއްޗެހި ސާފުކުރުމަށް އެކަމަށް ހާއްސަ ނުވަތަ 70 ޕަސެންޓް އަލްކަހޯލް އެކުލެވޭސެނިޓައިޒަރެއް ބޭނުން ކުރުން.
ލޮކްޑައުން އަށް ދިން ލުޔާއެކު ޖުލައި މަހުން ފެށިގެން ގިން ހުއްދަތަކެއް ދޭން ވަނީ ނިންމައިފައެވެ.