އެފްރިކާ ދަރިކޮޅަށް ނިސްބަތްވާ 'ކަޅު ނަސްލު'ގެ އެމެރިކާ ކުއްޖެއްގެ ގޮތުގައި ބޮޑުވަމުން އަންނައިރު އެމެރިކާގައި ކުރިމަތިލާންޖެހިފައިވާ ބިރުވެރިކަމާ ނަމާންކަމުގެ ވާހަކަތައް ހިމަނައިގެން އޭނާ ފަދަ އެތައް ހާސް ބައެއްގެ ހިތު ޖަޒުބާތުތައް ލަވައެއްގެ ސިފައިގައި ބަންޑުން ކޮށްލި، އުމުރުން އެންމެ 12 އަހަރުގެ ކީޑްރޯން ބްރަޔަންޓާއެކު، އެމެރިކާގެ އެންމެ ވަރުގަދަ އެއް ރެކޯޑް ލޭބަލް ކަމަށްވާ "ވޯނާ ރެކޯޑްސް" އިން ސޮއިކޮށްފިއެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ކީޑްރޯން ބްރާޔަންޓް ހޯދީ، މިނެސޯޓާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޖޯޖް ފްލޮއިޑް މަރާލި ހާދިސާގެ 1 ދުވަސް ފަހުން، "އައި ޖަސްޓް ވޯނަ ލިވް" ގެ ނަމުގައި ސޯޝަލް މީޑިއާއަށް ދޫކޮށްލި ލަވައަކުންނެވެ.

އިންޑިއާއިން ވަނީ ޖޯޖް ފްލޮއިޑްއަށް މަހާތަމާ ގާންދީ އެވޯޑް ދީފަ/ފޮޓޯ: ޕެޗް

ވޯނާ ރެކޯޑްސްއާއިއެކު ކީޑްރޯން ބްރާޔަންޓް މި ލަވަ ކިޔާފައިވާއިރު، އެ ލޭބަލްއިން މި ލަވަ ރިލީޒްކޮށްފައި މިވަނީ، އެމެރިކާއިން އަޅުވެތިކަން ނައްތާލުމުގެ މުނާސަބާ ފާހަގަ ކުރަމުންދާ ދަނޑިވަޅާ ދިމާކޮށެވެ. މިހާރުވެސް މި ލަވައަށް އެތައް މިލިއަން ހިޓެއް ވަނީ ލިބިފައެވެ. ކީޑްރޯން ބްރަޔަންޓްގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓްގައި އޭނާ އެންމެ ފުރަތަމަ ޕޯސްޓުކުރި ވީޑިއޯއަށްވެސް މިހާރު 3 މިލިއަނަށްވުރެ ގިނަ ލައިކްވަނީ ލިބިފައެވެ.

ޖޯޖް ފްލޮއިޑްއަށް އިންސާފު ހޯދާދިނުމަށް ގޮވާލާ އެމެރިކާގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން/ފޮޓޯ: އެންބީސީނިއުސް

މުޅި ދުނިޔޭގެ ސަމާލުކަން ހޯދި "އައި ޖަސްޓް ވޯނަ ލިވް"، މި ލަވައިގެ ލިރިކްސް ލިޔުނީ ކީޑްރޯން ބްރަޔަންޓްގެ މަންމައެވެ. ކީޑްރޯން ބްރަޔަންޓްގެ މަންމަ ބުނީ، ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑްއަށް ފުލުހުން ލާއިންސާނީ އަނިޔާ ދިން މިންޒަރު ފެނި، އޭނާގެ ހިތަށް ދަތި ކުރުވި ކަމަށާ، އެހެނީ ޚުދު އޭނާއަކީވެސް ކަޅު ނަސްލަށް ނިސްބަތްވާ ދަރިއެއްގެ މަންމައަކަށް ވުން ކަމަށްވެސް ކީޑްރޯން ބްރަޔަންޓްގެ މަންމަ ފާހަގަ ކުރިއެވެ.

https://www.instagram.com/p/CAqlQYFFT8N/?utm_source=ig_embed&utm_campaign=embed_video_watch_again

ކީޑްރޯން ބްރަޔަންޓްގެ "އައި ޖަސްޓް ވޯނަ ލިވް" މި ލަވައިން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ނިންމާފައިވަނީ ނޭޝަނަލް އެސޯސިއޭޝަން ފޮ ދި އެޑްވާންސްމަންޓް އޮފް ކަލާޑް ޕީޕަލްއަށް ކަމަށް ޚަބަރު ލިބެއެވެ.