މިއަދު ކޮވިޑަށް 17 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއަދު 82 މީހުން ބަލިން ރަނގަޅު ވެފައުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު 17 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2137 އަށް އަރާފައި ވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި 17 މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެއްސަކާއި، ބަންގްލަދޭޝްގެ 6 މީހަކާއި، އިންޑިއާގެ 3 މީހުންނާއި ނޭޕާލްގެ އެކަކެވެ.
ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 737 ދިވެހިން ހިމެނެއެވެ. އެންމެ ގިނައިން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެ ގޮތުން މިހާތަނަށް ބަންގްލަދޭޝްގެ 1124 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 79 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެ ގޮތުން މިހާރު މި ބައްޔަށް ބޭސްކުރަމުން ދަނީ 368 މީހުންނެވެ.
މި މަހުގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ރެކޯޑް:
- 1 ޖޫން - 56 މީހުން ޕޮޒިޓިވްވި
- 2 ޖޫން - 12 މީހުން ޕޮޒިޓިވްވި
- 3 ޖޫން - 9 މީހުން ޕޮޒިޓިވްވި
- 4 ޖޫން - 22 މީހުން ޕޮޒިޓިވްވި
- 5 ޖޫން - 11 މީހުން ޕޮޒިޓިވްވި
- 6 ޖޫން - 18 މީހުން ޕޮޒިޓިވްވި
- 7 ޖޫން - 2 މީހުން ޕޮޒިޓިވްވި
- 8 ޖޫން - 13 މީހުން ޕޮޒިޓިވްވި
- 9 ޖޫން - 26 މީހުން ޕޮޒިޓިވްވި
- 10 ޖޫން - 20 މީހުން ޕޮޒިޓިވްވި
- 11 ޖޫން - 14 މީހުން ޕޮޒިޓިވްވި
- 12 ޖޫން - 27 މީހުން ޕޮޒިޓިވްވި
- 13 ޖޫން - 10 މީހުން ޕޮޒިޓިވްވި
- 14 ޖޫން - 22 މީހުން ޕޮޒިޓިވްވި
- 15 ޖޫން - 30 މީހުން ޕޮޒިޓިވްވި
- 16 ޖޫން - 29 މީހުން ޕޮޒިޓިވްވި
- 17 ޖޫން - 26 މީހުން ޕޮޒިޓިވްވި
- 18 ޖޫން - 17 މީހުން ޕޮޒިޓިވްވި
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އަދި މިހާތަނަށް ރާއްޖޭގައި މިބަލި 133 ކުޑަކުދިންނަށް ޖެހިފައިވާއިރު މިހާރު މިބައްޔަށް ފަރުވާ ހޯދަމުން ދަނި 24 ކުދިންނެވެ. އަދި މިހާތަނަށް ރާއްޖޭގައި 65 އަހަރުން މަތީގެ 39 މީހުންނަށް މިބަލި ޖެހިފައިވާއިރު އޭގެތެރޭގައި ހިމެނެނީ 36 ދިވެހިންނާއި އިޓަލީ ވިލާތުގެ 3 މީހުންނެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން ދާ އުމުރުން 65 އަހަރުން މަތީގެ ދިވެހިންގެ ތެރޭގައި 15 މީހުން އެބަތިއްބެވެ.