ފިލިތެޔޮ ކަރަންޓީން ފެސިލިޓީގައި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
މިކަން ހިނގައިދިޔަ ގޮތް އެނގޭ ފަރާތަކުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، މިއަދު ކަރަންޓީނު ފެސިލިޓީގައި 19 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކޮށްފައި ވަނީ އެމްއެންޑީއެފްގެ އެ ފެސިލިޓީ ކޮމާންޑަރު ކަމަށެވެ. އެގޮތުން އޭނާ އެކަން ކޮށްފައި ވަނީ އޮޅުވާލައިގެން އަންހެން ކުއްޖާ އެކަހެރި ކޮޓަރިއަކަށް ގެންގޮސްގެން ކަމަށް މައުލޫމާތު ދިން މަސްދަރުން ވަނީ ބުނެފައެވެ.
ފިލިތެޔޮ ކަރަންޓީން ފެސިލިޓީގައި މި ހާދިސާ ހިނގާފައި ވަނީ މިއަދެވެ. މިކަން ހިނގާފައި ވަނީ މިމަހު 10 ވަނަ ދުވަހު ލަންކާއިން އައި ކުއްޖަކާ މެދުއެވެ.
މިކަމާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތުދެމުން، މައުލޫމާތު ދިން މަސްދަރުން ބުނީ، ލަންކާއިން ރާއްޖެއައީ ދެ އަންހެން ކުދިން އެކުގައި ކަމަށާ އަދި ދެކުދިން ވަކިން ދެ ކޮޓަރިއެއްގައި ކަރަންޓީނުގައި ބައިތިއްބާފައި ތިބި ނަމަވެސް، ފަހުން އެ ކުދިންގެ އެދުމަށް އެއް ކޮޓަރިއަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
އޭނާ ބުނީ ފެސިލިޓީ ކޮމާންޑަރު 'ފުރައްސާރަ ކުރި' އަންހެން ކުއްޖާ އަކީ ޕެނިކް އެޓޭކް އަންނަ ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާގެ ހާލަތު ގޯސްވެގެން ޑޮކްޓަރަށް ދައްކަން ޖެހުނު ކަމަށާއި، އަދި ޑޮކްޓަރުގެ ފަރާތުން ފަރުވާ ހޯދުމަށް ފަސޭހަވާނީ ޑޮކްޓަރުގެ ކޮޓަރިއާ ކައިރި ކޮޓަރިއެއްގައި ތިބުމުން ކަމަށް ބުނެ އެ ދެ ކުދިންގެ ރޫމް ބަދަލު ކުރި ކަމަށް އޭނާ މައުލޫމާތުދެއެވެ.
ހާދިސާ ހިނގައި ދިޔަ ގޮތް ކިޔައިދެމުން އޭނާ ބުނީ، މިއަދު މެންދުރުގެ ކެއުމަށް ފަހު އެމްއެންޑީއެފް ކޮމާންޑަރު ގޮސް ޑޮކްޓަރަށް ދައްކަން ދާން ކަމަށް ބުނެ އަންހެން ކުއްޖާ ގޮވައިގެން ދިޔަ ކަމަށާއި، އަންހެން ކުއްޖާ އަނބުރާ ކޮޓަރިއަށް ދިޔައިރު ދިޔައީ ރޮމުން ކަމަށެވެ. އަދި އޭނާ އެކަނި ކޮޓަރިއަކަށް ގެންގޮސް، އެމްއެންޑީއެފް ކޮމާންޑަރު އޭނާ ގައިގައި އަތްލާން އުޅުނު ކަމަށް މައުލޫމާތުދިން މަސްދަރުން ބުނެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ތީ ވަރެއްގެ ކޮމާންޑަރެއް. ހުންނަނީ ބޮލައް އަރާފަ.