އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި 2 އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނީޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ދެ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އަނިޔާވެފައި ވަނީ ތިން މީހުންނަށް ކަމަށެވެ. އަދި އަނީޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނާއިރު، އަނިޔާވެގެން ގެންގޮސްފައި ވަނީ ކޮން އުމުރެއްގެ އަދި ކޮން ޖިންސެއްގެ ބައެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

އެގޮތުން އެމަގުގައި 2 ސައިކަލެއް ޖެހި މިރޭ 7:40 ހާއިރު އެކްސިޑެންޓެއް ހިނގާފަިއވާ ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު އެ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކު، ސައިކަލު ދުއްވާލި ވަގުތު ކާރެއްގައި ޖެހިގެން އިތުރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މި ދެ އެކްސިޑެންޓްގައި ހިމެނޭ ހުރިހާ އެންމެންގެ އަތުގައި އެ ކެޓަގަރީއެއްގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި ދެ އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.