ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައި އޮތުމަށްފަހު މަސައްކަތް ފެށީ މަޖިލީހުގެ އިދާރާއިންވެސް ކޮވިޑް ކޭސްއެއް ފެނިދާނެ ކަމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް މަޖިލީހުން ބުނެފިއެވެ.
މި ހަފްތާތެރޭ ރައްޔިތުން މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މި ކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރުނު ނޫސް ބާޔާނުގައި ބުނީ، ރައްޔިތުން މަޖިލީހުގެ އިދާރާގެ މެއިންޓެނެންސް ޔުނިޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
އެގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް މަޖިލީހުން ބުނެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށްދާ ކަމަށް މަޖިލީހުން ބުނެއެވެ.
މަޖީލިހުގެ މަސައްކަތް ފެށިއިރުވެސް މިކަހަލަ ކަމެއް މެދުވެރި ވެދާނެ ކަމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައި ކަމަށް މަޖިލީހުން ބުނެއެވެ. އަދި ރޯގާއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތްތައް މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ އަމާޒު ކަމަށް އެފަރާތުން ބުނެއެވެ.
އެހެންކަމުން ކޮވިޑް-19 އާ ގުޅޭގޮތުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖީލީހުގެ އިދާރާގައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވާފަިއވާ ކަމަށްވެސް މަޖިލީހުން ބުނެއެވެ.
މަޖިލީހުގެ އިދާރާގެ މުވައްޒަފެއް ޕޮޒިޓިވްވުމާ ގުލީގެން މިއަދު މަޖިލީހުގެ އިދާރާ ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ. އަދި ޑިސްއިންފެކްޓް ކުރުމަށްފަހު މަޖިޅީހުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ފެށޭނެ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
މަޖިލީސް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، މާލެ ސިޓީގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއިދިނުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ވަނީ ބާއްވަން ފަށާފައެވެ. އެގޮތުން އޮންލައިންކޮށް ފުރަތަމަ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މާޗްމަހުގެ 30 ވަނަ ދުވަހެވެ. އަދި އެއަށް ފަހު މެންބަރުން މަޖިލީހަށް ހާޒިރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ފެއްޓީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.
ޢިދާރާ ޑިސްއިންފެކްޓް ކުރިޔަކަސް ބަލި ޖެހިފަ ތިބިމީހުން އުޅެންޏާ ކިހިނެއްބާ ވާނީ