މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 8.1 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 8113679 މީހަކު މި ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ކޮވިޑް-19އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ.
- އެމެރިކާ: 2182950 ޖުމުލަ ކޭސް | 1174801 އެކްޓިވް ކޭސް
- ބްރެޒިލް: 891556 ޖުމުލަ ކޭސް | 382664 އެކްޓިވް ކޭސް
- ރަޝިއާ: 537210 ޖުމުލަ ކޭސް | 245580 އެކްޓިވް ކޭސް
- އިންޑިއާ: 343026 ޖުމުލަ ކޭސް | 152791 އެކްޓިވް ކޭސް
- ޔޫކޭ: 296857 ޖުމުލަ ކޭސް | އެކްޓިވް ކޭހުގެ މައުލޫމާތު ހާމަކޮށްފައި ނުވޭ
ކޮވިޑް-19ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެކްޓިވް ކޭހުގެ ގޮތުގައި 3460717 ކޭހެއް ރެކޯޑްކޮށްފައިވއިރު، މީގެ ތެރެއިން 3406149 މީހެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްކޮށްފައިވަނީ 54568 ޕޭޝްންޓެކެވެ. ހާލު ބޮޑު ބަލިމީހުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިއާ، ބްރެޒިލް، އީރާނު އަދި ރަޝިއާ ފާހަގަކުރެވެއެވެ.
ކޮވިޑް-19އަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާއިރު، މިވަގުތު ޕޭޝަންޓުންނަށް ފަރުވާދެނީ އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މިހާތަނަށް ފަރުވާ ހޯދައިގެން ޝިފާ ލިބުނު މީހުންގެ އަދަދު 4.2 މިލިއަނަށްވުރެ މައްޗަށް އަރާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ ފަހު ކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރަން ފެށި ކޮވިޑް-19ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ހިސާބުތަކުން މަރުވެ ދިޔަ މީހުންގެ އަދަދު މިހާރު ވަނީ 439085 އަށް އަރާފައެވެ.