ކޮވިޑްގެ ކުރިން ސްކޫލްތަކުގެ ދަރިވަރުންނަށް ދެމުން ދިިޔަ ހެނދުނުގެ ނާސްތާ މި ދުވަސްކޮޅަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، އަންނަ މަހު އެކަކުން ފެށިގެން ހުޅުވުމަށް ހަމަޖެހިފައިވާ ސްކޫލްތަކުގެ ދަރިވަރުން ސްކޫލަށް ދާ އިރު ގެއިން ރަނގަޅަށް ނާސްތާ ކޮށްގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ކޮވިޑް އައުމުގެ ކުރިން ސްކޫލަތަކުން ދެމުން ދިޔަ ހެނދުނުގެ ނާސްތާ މި ވަގުތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލަކަށް ހެނދުނުގެ ނާސްތާ ސަރުކާރުން ދެމުން އަންނަތާ އެއް އަހަރު ވަނީ ވެފައެވެ. މި އަހަރު ކޮވިޑް އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމާ ހަމައަށް ސްކޫލްތަކުގައި ކުދިންނަށް ހެނދުނުގެ ނާސްތާ އައީ ސަރުކާރުން ދެމުންނެވެ.
މިދިޔަ އަހަރުން ފެށިގެން ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ވަނީ ފައްޓާފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ޓާމްގައި 25 ސްކޫލަކަށް ހެނދުނުގެ ނާސްތާ ޕްރޮގްރާމްގެ ޕައިލެޓް ފެށުމަށްފަހު މިދިޔަ އަހަރުގެ ދެވަނަ ޓާމްއާ ހަމައިން ސަރުކާރުގެ 213 ސްކޫލެއްގައި ރަސްމީކޮށް ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަނީ ފާށާފައެވެ.
ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުއްދެވުމަށް ވެވަޑައިގެންނެވި ރިޔާސީ ވަައުދުފުޅެކެވެ.
ތިއައީ ފެށި އިރުވެސް މެދު ކީކުރަން ހަމަ އެއްކޮށް ކަޑާލަންވެފަ އޮތް އެއްޗެއް
ކުރިންވެސް އެނގޭ ތިޔައީ ކަލޭމެންނަށް ދިގުމުއްދަތެއްގައި ކޮށްދެވޭނޭ ކަމެއް ނޫންކަން.