ބޭންކް އޮފް މޯލްޑިވްސްއިން ދެމުން ގެންދާ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މައުލޫމާތު ކަމަށް ބުނެ 500 އަށް ވުރެ ގިނަ ކާޑުގެ މައުލޫމާތު ޑާކްވެބްގައި ލީކް ކޮށްލައިފިއެވެ.
މިހާރު ސޯޝަލްމީޑިއާ ބައެއް ޕްލެޓްފޯމް ތަކުގައިވެސް މި މައުލޫމާތުތައް ދައުރުވަމުން އެބަދެއެވެ.
ހާމަ ވެފައިވާ ބައެއް މައުލޫމާތު ތަކަށް ބަލާއިރު، ކާޑުގެ ވެރިފަރާތުގެ ނަމާއި ކާޑު ނަންބަރާއި ކާޑުގެ ބާވަތާއި ބެލެންސްވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން މިރޭ ބަޔާނެއް ނެރޭނެ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.
ލީކްވެފައިވާ ލިސްޓުގައި ހުރި ނަންތަކާއި މައުލޫމާތަކީ ސައްހާ މައުލޫމާތެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުކުރެވެއެވެ.
ރާއްޖޭގެ ގިނަ ބައެއްގެ ބޭންކް އެކައުންޓް އޮންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ތަކާއި ބެހޭ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ ބަޔަކު އެ މައުލޫމާތުތައް ދައުރު ކުރަމުން ދާ މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
މީ ކީވެގެނޯ މިކަން މި ކުރަނީ