މިއަދު އައި ކޮޅިގަނޑުގައި ކ.ގުޅީފަޅުން 20 ފޫޓްގެ ޕްލާސްޓިކް ޝީޓް ތަކެއް ކަނޑަށް ދޫވެ، އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެދިއްޖެއެވެ.

އެމްއެމްޑީއެފުން ބުނީ މިއަދު އައި ބާރުގަދަ ކޮޅުގަނޑުގައި ގުޅީގަޅުގައި ބޭނުންކުރަމުން ދިޔަ 20 ފޫޓްގެ ގިނަ އަދަދެއްގެ ޕްލާސްޓިކް ޝީޓް ތަކެއް ކަނޑަށް ދޫވެފައިވާ ކަމަށެވެ.

ވިލިމާލެ އާއި މާލެ އާ ދޭތެރެއިން އިރު އުތުރަށް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއަދު ހަވީރު އައި ކޮޅުގަނޑުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވަނީ އޭގެ އަސަރު ކޮށްފައެވެ.

އެގޮތުން ގއ ގެމަނަފުށީ ބޭރުން ލޯންޗެއް ބަނޑުން ޖަހާލާފައި ވާއިރު މާލޭގައި ހަދަމުންދިޔަ ގެއެއްގެ ފާރެއްވެސް ވަނީ ވެއްޓިފައެވެ. އަދި ހުޅުމާލެ ފްލެޓެއްގެ ޓިނުގަނޑުވެސް ވަނީ ނައްޓަން ފަށާފައެވެ. ހދ.މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައެވެ.

މީގެ އިތުރުން ގދ.ހައުޑިގަލާއަށް ދަތުރު ދިއުމަށްފަހު ގދ.ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.