މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ފާރު ގަދަަ ވަޔާއެކު ވެއްޓިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުޅުމާތު ލިބިފައިވާ ގޮތިގައި ވެއްޓިފައި ވަނީ ގ. ރަތްވިލާ ގޯޅީގައި ހަދަމުން ދިޔަ އިމާރާތަކުންނެވެ.

އެ ފާރު ވެއްޓި އެ ގެ ކައިރީގައި ހުރި ބައެއް ގޭގޭގެ ފުރާޅަށް ގެއްލުން ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބިއެވެ.

މިފަދަ ހާދިސާއެއް މާލޭގައި ހިނގާފައި ވާއިރު، މިއަދު ހަވީރު ގއ. ގެމަފުއްޓަށް ދަތުރުކުރަމުން ދިޔަ އެރަށު ލޯންޗެއްވެސް ވަނީ ބަންޑުން ޖަހާލާފައެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

މިރޭގެ ރާއްޖޭގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ސަަރހައްދުތަކަށް ބޯކޮށް ވާރެ ވެހޭނެއެވެ.

ހުޅަނގެ ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަަށް 55 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެއެވެ. އަދި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އުފުލޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.