ލޮކްޑައުންކޮށްފައި ވަނިކޮށް ބްރިޖްމަތީގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިކަމާ ގުޅިގެންގެން ފުލުހުން ބުނީ އިއްޔެ ހެނދުނު 8:00 ހާއިރު، ސިނަމާލެ ބްރިޖުން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި އިންސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އިންސިޑެންޓް ހިންގި ވަގުތު ސައިކަލު ދުއްވަން އިން 24 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ބްރިޖަށް އެރޭނީ ފުލުހުންދޭ ހާއްސަ ހުއްދައެއް ލިބޭ ފަރާތްތަކަށް ނުވަތަ ބޭރުގައި އުުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލެ އަށް ހުއްދައެއްނެތި ވަކި ވަގުތެއްގައި ދެވެނެއެވެ.

މާލެ ސަރަހައްދު އާންމުކޮށް ހުޅުވާ އިރު ފާހެއް ނެތި ހަރަލާތްތެރިވެ އުޅެވޭއިރު، ފާހެއް ނެތި ފަތިހު 5 އިން ފެށިގެން ރޭގަނޑު 10 އަށް އުޅެވޭނެއެވެ. މީގެ އިތުރުން ކަސްތަރުކުރުމާއި އެކިއެކި ކަންކަމުގައިވެސް ބޭރުގައި އުޅެވޭނެއެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5 އިން ހެނދުނު 8 އަށް އުޅެވޭނެއެވެ. އަދި ކުޑަކުދިންނަށް ހަވީރު 4 އިން އިރުއޮއްސި 6 އަށް ބޭރުގައި އުޅެވޭނެއެވެ. އަދި ދުވަންދާ އެހެން ފަރާތްތަކަށް އިރު އޮއްސި 6 އިން ފެށިގެން 9 އަކަށް ދުވަން ދެވޭނެއެވެ.