ރާއްޖެއިން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު ކުރި ޓެސްޓްތަކުން ޕޮޒިޓިވް ވީ 10 ސާމްޕަލް ކަމަށެވެ. އެއީ ބަންގަލްދޭޝްގެ ހަތް މީހުންނާއި ނޭޕާލްގެ ދެ މީހުން އަދި ދިވެއްސެކެވެ. ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ ޖުމްލަ 24 އަށް އަރާފައި ވާއިރު ރާއްްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 1217 އަށް ވަނީ އަރާފައެވެ.

ކޮވިޑް ޖެހި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ޖުމްލަ 8 އަށް އަރާފައެވެ. 4 ދިވެހިންނާއި 4 ބިދޭސީންނެވެ. އެއީ 38 އަހަރުގެ ބަންގްލަދޭޝް މީހާ އާއި 54 އަހަރުގެ ބަންގްލަދޭޝް މީހަކާއި 45 އަހަރޔފެ ބަންގަލަދޭޝް ފިރިހެނެކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 2013 އަށް އަރާފައި ވާއިރު، އޭގެ ތެރޭގައި ދިވެހިންގެ އަދަދުވެސް ވަނީ 701 އަށް އަރާފައެވެ. ބަންގްލަދޭޝްގެ ޖުމްލަ 1065 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އިންޑިއާގެ 191 އަދި ލަންކާގެ 11 މީހަކާއި ނޭޕާލްގެ 26 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން އެކު ގައުމުތަކުން ޖުމްލަ 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިވަގުތު ކަރަންޓީންގައި ތިބީ 346 މީހުންނެވެ. އަދި އައިސޮލޭޝަންގައި ތިބީ 737 މީހުނެވެ.