އަންނަ ހޯމަދުވަހުން ފެށިގެން ނިއު ނޯމަލްގައި މާލެ ހުޅުވާލަން ނިންމާފައި ވާކަން އެނގިއްޖެއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ނިއު ނޯމަލްގައި މާލެ ހުޅުވާލަން ނިންމާ އިރު، އެހެން ރަށްރަށުން މާލެއަށް އަދި މާލެއިން އެހެން ރަށްރަށަށް ދަތުރުކުރުމުގެ ހުއްދައެއް ނުދޭނެ ކަމަށްވެސް ވަނީ އެނގިފައެވެ. އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުގައި މާލެ އާ އެކު މާލެ ސަރަހައްދު ނިއު ނޯމަލްއަށް ހުޅުވާލާނެއެވެ.

އެޗްޕީއޭއިން ބުނީ ޖޫން 15، 2020 ގައި މާލެ ސަރަހައްދު އާންމުކޮށް ހުޅުވާ އިރު ފާހެއް ނެތި ހަރަލާތްތެރިވެ އުޅެނޭނެ ކަމަށެވެ. އަދި އެގޮތުން ފާހެއް ނެތި ފަތިހު 5 އިން ފެށިގެން ރޭގަނޑު 10 އަށް އުޅެވޭނެއެވެ.

މީގެ އިތުރުން ކަސްތަރުކުރުމާއި އެކިއެކި ކަންކަމުގައިވެސް ބޭރުގައި އުޅެވޭނެއެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5 އިން ހެނދުނު 8 އަށް އުޅެވޭނެއެވެ. އަދި ކުޑަކުދިންނަށް ހަވީރު 4 އިން އިރުއޮއްސި 6 އަށް ބޭރުގައި އުޅެވޭނެއެވެ. އަދި ދުވަންދާ އެހެން ފަރާތްތަކަށް އިރު އޮއްސި 6 އިން ފެށިގެން 9 އަކަށް ދުވަން ދެވޭނެއެވެ.

ޖޫން 15 ގެ ފަހުން، ރޭގަނޑު 11 ޖަހަންދެން ފިހާރަތަކުން ވިޔަފާރި ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ ކޮވިޑް ގެ އަސަރެއް ނެތް އެއްރަށުން އަނެއް ރަކަށް ދަތުރު ކުރުމުގައިވެސް ހުރަހެއް ނެތެވެ.

ފުރަބަންދަށް ދެވޭ އިތުރު ލުއިތަކުގެ ތެރޭގައި ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކުގައި ގައިދުރުކަމާއެކު ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް ދެވޭނެއެވެ. ނަމަވެސް މިތަންތަނުގައި ތިބެ ކައި ބޮއެ ހެދުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވަނީ މި މަހުގެ 30 ގެ ފަހުންނެވެ. އަދި ކްލިނިކްތަކާއި ހޮސްޕިޓަލްތައްވެސް އާންމުކޮށް ހުޅުވާލާނެއެވެ.