ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

އާތިފާ އިސްތިއުގެ މައްސަލަ ރައީސް އޮފީހަކުން އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް "ދަ ޕަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އާތިފާ އިސްތިއުފާ ހުށަހެޅުއްވީ ސިއްހީ ހާލަތު ހުރިގޮތުންނެވެ.

މިނިސްޓާރު އާތިފާ މަގާމުން އިސްތިއުފާ ދެއްވަން ހުށަހަޅުއްވާގަަި ވަނީ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހީމް ރިޔާޒު، އާތިފާ ޝުކޫރު މަގާމުން ވަކި ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ ހިޔާ މަޝްރޫގެ ފްލެޓުތަކުގެ މަސައްކަތް ނިމި އަންނަ ޖުލައި މަހުގެ ނިޔަލަށް ފްލެޓްތައް އޭގެ ހައްގުވެރީންނަށް ހަވާލު ކުރެވޭނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައި ވަނިކޮށް، އެއީ އޮޅިގެން މިނިސްޓަރަށް ވިދާޅުވެވުނު އެއްޗެއް ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ބަޔާނެއް ނެރުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އާތިފާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި ވަޒީރުކަން ލިބިވަޑައިގެންނެވި ބޭފުޅެކެވެ.