މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އިގުތިސޯދީ ގޮތުން ނޭދެވޭ އަސަރު ފޯރާވާފައި ވާ މަސައްކަތްތެރިންގެ ތެރެއިން ފަގީރު އަދި ނާޒުކު ހާލުގައި ތިބި މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކަށް އެހީވުމަށް ވޯލްޑް ބޭންކުގެ ކޮވިޑް-19 އެމާޖެންސީ އިންކަމް ސަޕޯޓު ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖެއަށް 12.8 މިލިއަން ޑޮލަރު ދިނުމަށް އެ ބޭންކުގެ އެގްޒެކެޓިވް ޑައިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.
މި މަޝްރޫއަކީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކުއްލި ހާލަތާ ކުރިމަތިލާންޖެހިއްޖެ ހިނދެއްގައި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހިންގާ މަޝްރޫއުތަށް ހަރުދަނާ ކުރުމަށްވެސް ހަރަދުކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ މަޝްރޫއެކެވެ.
ވޯލްޑް ބޭންކުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން މައިގަނޑު ގޮތެއްގައި ފައިސާ ހަރަދު ކުރެވިގެން ދާނީ ކޮވިޑް-19ގެ އެލަވަންސް ސަޕޯޓް ސްކީމަށް ކަމަށެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ މަސައްކަތްތެރިންނަށް މަހެއްގެ މައްޗަށް އެންމެ މަދުވެގެން 5000 ރުފިޔާގެ އިނާޔަތެއް ހަމަޖައްސާދިނުމަށް މި ފައިސާ ބޭނުން ކުރެވޭނެކަން ވޯލްޑް ބޭންކުން ވަނީ ހާމަކޮށްފައެވެ. މިއީ ވަޒީފާ ގެއްލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ހަމަޖެހުން ގެނެސްދީ، ރައްކާތެރު ކަމާއެކު ގޭގައި ތިބެ، ވަކިން ހާއްސަކޮށް ތޮއްޖެހިފައިވާ ވެރިރަށް މާލޭގައި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ ކަމެއް ކަން ވޯލްޑް ބޭންކުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަލާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރު އައިޑާ ސްވަރާއީ-ރިޑްލްހޯ ވިދާޅުވީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި މަޖުބޫރީ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާ ގެއްލި، ބައެއް އާއިލާތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި ވާ ކަމަށާ، މި މަޝްރޫއަކީ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް މާލީ ގޮތުންނާ ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ހަރަކާތްތަކަށް އެހީވެދޭނެ މަޝްރޫއެއް ކަމަށެވެ.
އިގުތީސޯދީ ތަޖުރިބާކާރު އަދި ޓާސްކް ޓީމް ލީޑަރު ޓޮމަސް ވޯކާ ވިޑާޅުވީ، އަދު ކުރިމަތިލާންޖެހިފައިވާ ކާރިސާއަކީ ހާލަތު ގޯސްވެގެންދާ ހިނދެއްގައި، އިންތިހާ ފަގީރުކަމަށް ނުވެއްޓި ދިވެހިންނަށް ސަލާމަތެއް ބޭނުންވާކަން އަންގައިދޭ ކާރިސާއެއް ކަމަށެވެ.
ވޯލްޑް ބޭންކުން ބުނާ ގޮތުގައި މި މަޝްރޫއު ތަންފީޒު ކުރަމުންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް، އެންސްޕާ އަދި ޕެންޝަން އޮފީސް ގުޅިގެންނެވެ. 12.8 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ 6.4 މިލިއަން ޑޮލަރަކީ ގްރާންޓް ކަމަށާ، އަނެއް ބަޔަކީ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)އިން ދޫކޮށްފައިވާ ކްރެޑިޓް ކަމަށް ވޯލްޑް ބޭންކުން މައުލޫމާތު ދެއެވެ.
ކޮވިޑް-19އާ ގުޅިގެން ވޯލްޑް ބޭންކުން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ހާއްސަކޮށްގެން ހާއްސަ މަޝްރޫއުތަކެއް ލޯންޗްކޮށްފައެވެ.
ތިއަ 12.8 މިލިޔަން ޑޮލަރު ސަރު ކާރުގެ ވެރިންގެ ޖީބައް ޔަގީން ، ނި ކަމެތި މީހާ ހަމަ ނި ކަމެތި ކޮށް