އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އެންމެ ފުރަތަމަ މައްސަލަ ހުށަހެޅުނީ ފިރިހެން ކުއްޖާ އަށް ބަޔަކު އުނދަގޫ ކުރާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި ފަހުން ބެލި ބެލުމުން އެ ކުއްޖާއަކީ އެކި ފަހަރު މަތިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި ވާ ކުއްޖެއްކަން އެނގިގެން ދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އިއްޔެ 28 އަހަރާއި 37 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ މައްސަލަތަކެކެވެ. ނަމަވެސް ކުއްޖާ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް އަދި ނަން ހާމައެއް ނުކުރެއެވެ.

ދާދިފަހުން ވެސް ގުރުއާން ޓީޗަރަކު ވަނީ ދަރިވަރުންތަކަކާއި ބެހިގެން ހައްޔަރު ކޮށްފައެވެ. އެމީހާގެ ބަންދަށްވެސް ވަނީ 15 ދުވަހު ކޯޓުން ޖަހާފައެވެ.