މާލެ އަދި ހުޅުމާލެ ޖަލުން 11 އޮފިސަރުންގެ ރެންޑަމް ސާމްޕަލް ނަގައިފިއެވެ.

މޯލްދިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ، އޮފިސަރުންގެ ރެންޑަމް ސާމްޕަލް ނަގާފއި ވަނީ، އެންއީއޯސީއާ ގުޅިގެން، ކޮވިޑް-19 އަށް ތަހުލީލު ކުރުމަށްޓަކައި ކަމަށެވެ. އެގޮތުން، ދެ ޖަލުްނ ޖުމްލަ 11 އޮފިސަރުންގެ ރެންޑަމް ސަމްޕަލް ނަގާފައިވާ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

މާލެ އަދި ހުޅުމަލެ ޖަލުން ރެންޑަމް ސާމްޕަލް ނަގާފައިވާއިރު، ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުންނާއި މާފުށީ ޖަލުން ވެސް ވަނީ މީގެ ކުރިން ރެންޑަމް ސާމްޕަލް ނަގާފައެވެ. އޭރު ނެގި ރެންޑަމް ސަމްޕަލްތަކުގެ ތެރޭގައި ގައިދީންގެ ސަމްޕަލް ވެސް ވަނީ ނަގާފައެވެ.

މިިދޔަ މޭ މަހުގެ 15 ވަނަ ދުވަހު އައްސޭރި ޖަލުން 37 ސާމްޕަލް ނެގި އިރު، އެ ހުރިހާ ސަމްޕަލްތަކެއް ވެސް ވަނީ ނެގެޓިވްވެފައެވެ. އޭރު ހިންމަފުށި ވަނީ މޮނިޓަރިްގެ ހަލަތަށް ގެންގޮސްފައެވެ. އެއީ އެރަށުގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ބައްޔަށް ޕޮޒިޓިވް ވުމުންނެވެ.

މީގެ އިތުރުން މާފުށީ ޖަލުން ނެގި 38 ސާމްޕަލް ވެސް ވަނީ ނެގެޓިވް ވެފައެވެ.

ހެލްޕް ޕްރޮޓެކްޝަން އެޖެންސީ އިން މިހާރު ދަނީ އެއްވެސް ޕޮޒިޓިވް ކޭސްްއަކާ ގުޅުމެއް ނެތް މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަމުންނެވެ. މިހަތަނަށް އައިއިރު ރާއްޖެއިން ކޮވިޑް-19 އަށް 1916 މީހަކު ވަނީ ޕޮޒިތިވްވެ، 8 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.