ރާއްޖެއިން އިތުރު 20 މީހަކަށް ކޮވިޑް ޖެހިފައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 20 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށެވެ. އެ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 1962 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ދިވެހިންގެ އަދަދުވެސް ވަނީ 681 އަށް އަރާފައެވެ. ބަންގްލަދޭޝްގެ ޖުމްލަ 1038 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އިންޑިއާގެ 190 އަދި ލަންކާގެ ނުވަ މީހަކާއި ނޭޕާލްގެ 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އެކު ގައުމުތަކުން ޖުމްލަ 29 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮވިޑް ޖެހި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ޖުމްލަ 8 އަށް އަރާފައެވެ. 4 ދިވެހިންނާއި 4 ބިދޭސީންނެވެ. އެއީ 38 އަހަރުގެ ބަންގްލަދޭޝް މީހާ އާއި 54 އަހަރުގެ ބަންގްލަދޭޝް މީހަކާއި 45 އަހަރޔފެ ބަންގަލަދޭޝް ފިރިހެނެކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1121 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދުވެސް ވަނީ ޖުމްލަ 111 މީހަކު ރަނގަޅުވެފައެވެ.