އުތުރުގެ ރަށެއްގައި ޤުރުއާން ކްލާސް ހިންގާ މީހަކު ފިރިހެން ކުދިން ތަކަކަށް ޖިންސީ ގޯނާ ކޮށްފިއެވެ.

ފުލުހުން ބުނީ، ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައު ޤުރުއާން ކްލާހެއް ހިންގާ 28 އަހަރުގެ ފިރިހެނަކު އޭނާގެ ދަރިވަރުންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ހުށަހަޅާފައި ވާ ކަމަށެވެ. އަދި އޭނާ ޖިންސީ ގޯނާ ކޮށްފައި ވާ ކުދިންނަނަކީ 18 އަހަރުން ދަށުގެ ފިރިހެން ކުދިން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ޖިންސީ ގޯނާ ކޮށްފައި ވަނީ ކިތައް ދަރިވަރުންނަށް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނާ ގުޅުން ހުރި މައްސަލަަތައް ބަލަނީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހަމާ ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.