ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް ކ. ކާށިދޫގައި "ޖާބިރު އެއާޕޯޓް" ގެ ނަމުގައި އެއާޕޯޓެއް އަޅަން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.
މިއަދު ކާށިދޫ ދާއިރާގެ ރައްޔިތުންނަށް މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޖާބިރު ލިޔުއްވި ސިޓީގައި ވިދާޅުވީ ކާށިދޫގައި އެއާޕޯޓޭއް އެޅުމަކީ އޭނާގެ ކެމްޕޭނުގެ ވަރަށް މުހިންމު ބައުދެއް ކަމަށާޢި ކާށިދޫ ރައްޔިތުންގެ ހުވަފެނެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެއާޕޯޓް އެޅުމަކީ ކާށިދޫގެ ތަރައްގީ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށެވެ.
ޖާބިރު ވިދާޅުވީ އެއާޕޯޓު އެޅުމުގެ މަޝްވަރާތައް ސަރުކަރުގެ ކަމާ ބެހޭ ހުރިހާ ވުޒާރާއާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ މަޝްވަރާ ކުރައްވާފައިވާއިރު އެ ދެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ދެއްވާފައިވާ ކަމަށެވެ.
ކާށިދޫގައި ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރުގެ އެއާޕޯޓެއް "ޖާބިރުގެ އެއާޕޯޓް"ގެ ނަމުގައި ތަރައްގީކޮށް، އެތަން ހިންގަން ނިންމާފައި ވަނީ ޖާބިރުގެ އަމިއްލަ ހަރަދުގައެވެ. އަދި މި މަށްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ފަރާތްކަމުގައިވާ އަހްމަދު މަހުރީނެވެ.
ޖާބިރު ވިދާޅުވީ، ކާށިދޫގެ ލޭންޑްޔޫސް ޕްލޭނުގައި އެއާޕޯޓް އެޅުމަށް ކަނޑައަޅާފައިވާ ބިން އޭނާއާ ހަވާލުކޮށް ތުއްގަހުގެ ބަދަލު ކަންކަން ހަމަޖެއްސުމަށް ކައުންސިލުގައި ދަންނަވާފައިވާ ކަމަށެވެ. އޭނާ ވަނީ މިކަމުގައި ކައުންސިލުގެ ފަރާތުން ދެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ކާށިދޫގައި އެއަރޕޯޓުގެ އިތުރުން ހެލިޕޭޑަކާއި ސީޕްލޭން އޮވަރނައިޓް ކުރެވޭނެ ޕްލެޓްފޯމުތަކާއިއެކު ހާބަރެއް އޮންނަންޖެހޭ! މިކަންތައްވެސް ޖައްބިރުގެ ހުވެފެނުގައި ވާނެކަމަށް ލަފާކުރެވޭ! އަދި މާލެއިން ސީދާއަށް ކާށިދޫއަށް ދެވޭގޮތަށް ކަނޑުއަޑީން ބްރިޖަކުން ގުޅާލެވޭނެ. އެޕްރޮޖެކްޓުގެ މާސްޓަރޕްލޭންވެސް ވަނީނިމި ޑެންމާކުގެ ކުންފުންޏަކާއި ހަވާލުވެފައި.
ޓާމިނަލް ހަދަންވާނީ ގާފަރުގައި އިނގޭތޯ
އޮޅި ދާނެ