އިންޑިއާ މީހަކު ސިނަމާލެ ބްރިޖްމަތިން ފުންމާލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު ސިނަމާލެ ބްރިޖްމަތިން މީހަކު ކަނޑަށް ފުންމާލާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ މިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 3:46 ހާއިރު ކަމަށެވެ.

ފުލުހުންގެ ލޯންޗެއްގައި އޭނާ ނަގައިގެން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސިނަމާލެ ބްރިޖްމަތިން ކަނޑަށް ފުންމާލާފައި ވަނީ އިންޑިއާގެ 31 އަހަރުގެ ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ސިނަމާލެ ބްރިޖްމަތިން މީހަކު ކަނޑަށް ފުންމާލި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި މިވާ ދުވަސްވަރު، ބްރިޖަށް އެރެނީ ވަކި ހާއްސަ ހުއްދައެއް ލިބިފައިވާ ފަރާތްރަކަށެވެ. ނުވަތަ ބޭރަށް ނިކުމެގެން އުޅުމުގައި ފުލުހުންގެ ފަރާތުން ހުއްދަ ނަގައިގެންނެވެ.