ރާއްޖެއިން ކޮވިޑް ޖެހި އަށް ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝާން އެޖެންސީ (އެޗްޕީއޭ) ބުނީ އުމުރުން 38 އަހަރުގެ ބަންގަލަދޭޝްގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 9:25 ހާއިރު ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

އަދި އޭނާ މަރުވީ އައިޖީއެމްއެޗްގެ ހޮސްިޕޓަލުގައި ކްރިޓިކަލް ކޮންޑިޝަންގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

އެ މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ އަދަދު ޖުމްލަ 8 އަށް އަރާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ މިއަދު މަރުވި 38 އަހަރުގެ ބަންގްލަދޭޝް މީހާ އާއި 54 އަހަރުގެ ބަންގްލަދޭޝް މީހަކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1883 އަރާފައެވެ. މީގެ ތެރެއިން ޖުމްލަ 1153 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 717 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 1183 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ދިވެހިންގެ އަދަދުވެސް ވަނީ 625 އަށް އަރާފައެވެ. ބަންގްލަދޭޝްގެ ޖުމްލަ 1018 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އިންޑިއާގެ 190 އަދި ލަންކާގެ ނުވަ މީހަކާއި ނޭޕާލްގެ 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އެކު ގައުމުތަކުން ޖުމްލަ 18 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.