އޮލިމްޕަސް ކުރިމަތީ ހުރި ފިހާރައެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވެފައި ވަނީ މަޖީދީ މަގުގު އޮލިސްޕަސް ކުރިމަތިން ހުންނަ އިމާރާތުގައި އެކްސީޑް ފިހާރައިގެ އެއްވަނަ ފަންގެފިލާގައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ފަޔާ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން ރޯވި އަލިފާން މިހާރު ނިއްވާލެވިފައި ވާ ކަމަށެވެ.

އަލިފާން ރޯވި އިމާރާތަކީ ރައީސް މައުމޫނު ސަރުކާރުގެ މިނިސްޓަރު އިސްމާއީލް ޝަފީއުގެ އިމާރާތެކެވެ.

https://www.facebook.com/sami.yya.1/videos/10159667171964688/

އަލިފާން ރޯވި ފިހާރައިގެން ތިރީގައި ހުންނަނީ އެންޓިކް އެއްޗެހި ވިއްކާ އެޑަމްސް އެންޑް ކޯ ފިހާރައެވެ.

މިހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އޮލިމްޕަސް ސަރަހައްދަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާ ކަމަށްވާ ހެންވޭރު ފެހިއާބާދު ގެއާ ދާދި ކައިރިއެވެ. އެ ހާދިސާގައި 800 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު އެކަކު ވަނީ މަރުވެފައެވެ.