ހުޅުމާލެ ދެވަނަ ފިޔަވަހިން 7000 ފްލެޓަށް ކުރިމަރިލި ފަރާތްތަކުގެ ތެރެއިން ފްލެޓަށް ހޮވުނު ފަރާތްތަކަށް އަންނަ ޖުލައިމަސް ނިމޭއިރު ފްލެޓް ހަވާލު ކުރެވޭވަރުވާނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު އާތިފާ ވިދާޅުވީ، ކޮވިޑްއާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުވި ހަފްތާގައި ހިޔާ މަޝްރޫއުގެ ފްލެޓް ލިސްޓް މިނިސްޓްރީގެ ޑޭޓާ ބޭސްއިން ކްރޮސް ޗެކްކުރަން ފޮނުވާފައިވާ ކަމަށެވެ.

ބަންދުވާން އޮތް ރޭވެސް ވަރަށް ލަސްވަންދެން އެ މަސައްކަތް ނިންމޭތޯ މަސައްކަތް ކުރި ކަމަށާއި އަދި ނިންމާނުލެވުމުން މިދިޔަ ހޯމަ އަންގާރަ ބުދަ މި ތިން ދުވަހު މިނިސްޓްރީގެ މުވައްޒަފުން ނުކުމެ ގާތްގަނޑަކަށް އެ މަސައްކަތް ނިމުމަކަށް ގެނެސްފައިވާ ކަމަށް އާތިފާ ވިދާޅުވިއެވެ. ސަރުކާރު ހުޅުވި ދެހަފްތާ ވާއިރު 7000 ފްލެތަށް ކުރިމަތިލީ މޮިޙުންގެ ތެރެއިން ފްލްެޓް ލިބޭ މީހުންގެ ފައިނަލަ ލިސްޓް އާންމު ކުރެވޭނެ ކަމަށް އާއތިފާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންތައް ވަނީ ހައުސިން ޔުނިޓުތަކުގެ ހައްގުވެރިންނަށް ދެވޭވަރުވާނީ ކޮންއިރަކުންތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އާތިފާ ވިދާޅުވީ އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފްލެޓްގެ ހައްގުވެރިންނަށް ފްލެޓްތައް ހަވާލުކުރެވޭ ވަރުވާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭ 7000 ފްލެތަކީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދިނުމަށް ހަޖައްސާފައިވާ ފްލެޓްތަކެވެ.